ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ބޯޑުގެ ޗެއާޕަސަން ކަމަށާއި، މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަލުން ބޭފުޅުން އައްޔަނުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެ މަގާމުތަކަށް ބޭފުޅުން ހަމަޖެއްސިކަން މިއަދު ހާމަކޮށްފައެވެ.
މިގޮތުން އެ ބޯޑުން ބުނިގޮތުގައި ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއަރޕަރސަން ކަމުގެ މަޤާމަށް މ.ހަނީކޯމްބް، އަލްފާޟިލާ އާމިނަތު ނަމްޒާ ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށް ލ.އިސްދޫ، އަލްފާޟިލް އިބްރާހީމް ނަސްރީން މިއަދު އައްޔަންކޮށްފައިވާ އެ ބޯޑުން ބުންޏެވެ.
ޕީއެސްއެމްގެ އެމްޑީ އަކަށް އައްޔަނުކުރުމާއި ހަމައަށް ނަސްރީން ހުންނެވީ އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަގާމުގަ އެވެ.
ނަސްރީން އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ސައީދު، މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!