ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ހއ.އަތޮޅު ރަށްތަކަށް ހުޅުވާލައިގެން ބޭއްވި "ތިލައުތުރު އަންހެން ވޮލީ މުބާރާތް" ގެ ޗެމްޕިއަންކަން މުރައިދޫ ހޯދައިފިއެވެ.
އިހަވަންދޫއާއި މުރައިދޫ ބައްދަލުކުރި ފައިނަލް މެޗު މިދިޔަ ހޮނިހިރު ދުވަހު ހަވީރު މުރައިދޫގައި ކުޅެފައިވާއިރު، ފައިނަލް މެޗު މުރައިދޫއިން ކާމިޔާބު ކޮށްފައި ވަނީ ސީދާ ތިން ސެޓުން އިހަވަންދޫ ބަލިކޮށްގެންނެވެ. މުރައިދޫއިން ސެޓްތައް ގެންދިޔައީ 25/19، 25/15، 25/20 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މުރައިދޫ ޓީމްގެ ފާތިމަތު ސަމާހްއެވެ.
މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން
ފާތިމަތު ސަމާ - މުރައިދޫ
ފާތިމަތު ޠަހޫރާ - އިހަވަންދޫ
ފާތިމަތު ނުހާ - މުރައިދޫ
އާމިނަތު އަރީޝާ - ބާރަށް
ސަމީނަތު ހުސައިން - މުރައިދޫ
އީނަތު އަހުލާ - އިހަވަންދޫ
މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މުރައިދޫ ޓީމްގެ ފާތިމަތު ނުހާއެވެ. މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިއަކަށް ހޮވިފައި ވަނީ އިހަވަންދޫ ޓީމްގެ އައިރީން އިބްރާހީމެވެ. އެންމެ މޮޅު ލިބަރޯގެ މަގާމް ހާސިލް ކޮށްފައި ވަނީ ވަށަފަރު ޓީމްގެ މަޒީނާ މުހައްމަދެވެ. އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ މުރައިދޫ ޓީމްގެ ކޯޗު އަސްރާރެވެ. މުބާރާތުގެ ފެއަރޕްލޭޓީމަކަށް ހޮވިފައިވަނީ ބާރާށެވެ. ރަނަރަޕްޓީމަކަށް ހޮވިފައިވަނީ އިހަވަންދޫއެވެ.
މި މުބާރާތުގައި އަތޮޅުގެ ހަތް ރަށަކުން ވަނީ ބައިވެރިވެފައެވެ. އެ ރަށްތަކަކީ މުރައިދޫ، އުތީމު، ބާރަށް، އިވަންދޫ، ދިއްދޫ، ކެލާ އަދި ވަށަފަރެވެ.
މި މުބާރާތަކީ އެ އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާއީ ގުޅުން ބަދަހިކުރުމާ، ކުޅިވަރުގެ ރޫހު އާލާކޮށް ދެމެހެއްޓުމުގެ މަގުސަދުގައި އެ އަތޮޅު ކައުންސިލުން އިންތިޒާމްކޮށް ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ..
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!