ހުޅުމާލޭ ފޭސް 2 ފަޅުގައި އޮތް ސަފާރީއެއްގައި ރޯވެއްޖެ އެވެ.
ރޯވެފައިވަނީ މިރޭ 4 ޖަހާކަށް ހާއިރު ކަމަށް މަޢުލޫމާތު ލިބެއެވެ. ސިފައިންނާއި ފުލުހުން އަންނަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން ނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެސަފާރީ އަކީ ރައިނާ ނަމަކަށް ކިޔާ ބޭރު މީހެއްގެ ސަފާރީއެކެވެ.
އަލިފާނުގެ ހާދިސާ ހިނގި ވަގުތު ސަފާރީގައި ހުރި މީހަކު މަޢުލޫމާތުން ދިންގޮތުގައި އެސަފާރީގައި އެވަގުތު ތިބީ ދެމީހުންނެވެ. އަލިފާން ރޯވިކަން އެނގުނީ ދުން ބޯވުމުންކަމަށާއި އެވަގުތު ޖަނަރޭޓަރު ނިއްވާލުމަށް ފަހު އެދެމީހުން ވަނީ ސަފާރީން ފައިބާފަ އެވެ.
އެސަރަހައްދުގައި ތިބި މީހުން މަޢުލޫމާތު ދިން ގޮތުގައި ސަފާރީ ތެރެއިން އެއްޗެހި ތަކެއް ގޮވާ އަޑު އިވިފައި ވެއެވެ.
ސަފާރީ އަކީ ދާދި ފަހުން ތުރުކީން ގެނެސްފައި ދަގަނޑު ހަލްއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!