އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ޚިދުމަތް ހޯދުމަށް އައި ފުރަތަމަ އުޅަނދު މިއަދު ހެނދުނު އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފިއެވެ.

މި ޚިދުމަތްދޭ ސަރުކާރުގެ ކުންފުނި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިކަން ސިފަކޮށްފައި ވަނީ މިއީ ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާއަށް ތާރީޙީ ދުވަހެއްގެ ގޮތުގައެވެ.

Ad
rt

‏ޔޫ.އެމް.އެސްގެ ދަށުން ތަޢާރަފްކުރި ބައެއް ޚިދުމަތްތައް ހޯދުމަށް މިއަދު ހެނދުނު އިހަވަންދިއްޕޮޅަށް ބަނދަރުކުރީ "ޖިއަން ޖިއޭ" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެކެވެ.

ބަންކަރިން ޚިދުމަތް ދިނުމަށް މައި އޮފީސް ގޮތުގައި ހއ. އުލިގަމުގައި 'އުތުރު އައިއެސްޕީއެސް ގޭޓް' ހުޅުވާފައި ވަނީ 18 ސެޕްޓެމްބަރު 2024 ގައެވެ.

މިތަން މެދުވެރިކޮށް 14 ޚިދުމަތެއް ފޯރުކޮށްދޭން އެމްޕީއެލުން ނިންމާފައިވާއިރު، 24 ގަޑިއިރުގެ ކޯލްސެންޓަރެއް ވެސް ވަނީ ޤާއިމުކޮށްފައެވެ.

އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ޚިދުމަތްތައް ބަލާލެވޭނެހެން މި ޚިދުމަތްތަކަށް އެދެވޭނެ އުތުރު މެރިޓައިމް ސާވިސަސް (ޔޫއެމްއެސް) ވެބްސައިޓް ވެސް އެމްޕީއެލުން ވަނީ ތައާރުފްކޮށްފައެވެ. މި ވެބްސައިޓް މެދުވެރިކޮށް ހިދުމަތްތައް ފޯރުކޮށްދޭ އެޖެންޓުންނާއި ލިބެން ހުރި ހިދުމަތްތަކުގެ މައުލޫމާތުތައް އިންޓަނޭޝަނަލް މާކެޓަށް ލިބޭގޮތަށް ވަނީ ހަދާފައެވެ.