މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ތިލަދުންމަތި އުތުރުބުރީ އިހަވަންދޫ ކައުންސިލަށް ކެރޭނެއް ހަދިޔާކޮށްފިއެވެ.

މި ކެރޭން އިހަވަންދޫ ކައުންސިލާއި ރަސްމީކޮށް ހަވާލުކޮށްފައި ވަނީ އެކަމަށްޓަކައި އިއްޔެ އިހަވަންދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ. ކައުންސިލްގެ ފަރާތުން ކެރޭނާއި ހަވާލުވެލެއްވީ އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް އެވެ.

Ad
rt

އިހަވަންދޫ ކައުންސިލްގެ އެދުމުގެ މަތީން އެމްޕީއެލް އިން ހަދިޔާކޮށްފައި ވަނީ "ކޮބެލްކޯ" ބްރޭންޑްގެ 25 ޓަނުގެ ކެރޭނެކެވެ.

އެމްޕީއެލް އިން އިހަވަންދޫގައި ހަދާ ޑޮކްޔާޑާއި ސްލިޕްވޭ ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އިއްޔެ ވަނީ، ކައުންސިލާއި އެމްޕީއެލްއާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.