އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 2022 -2023 ވަނަ އަހަރުގެ މަތީ ސާނަވީގެ އެންމެ މޮޅު ދެވަނަ ދަރިވަރަކަށް އަޙްމަދިއްޔާގެ ކެޕްޓަން އާދަމް ނާއިޝް ނަސީމް ވަނީ ހޮވިފަ އެވެ.
އާދަމް ނާއިޝް ނަސީމްއަކީ ސާނަވީ ތަޢުލީމް އަޙްމަދިއްޔާގައި ހާސިލްކުރި ދަރިވަރުންގެ ތެރެއިންވެސް އެންމެމޮޅު ދަރިވަރަށް ހޮވިގެން 2020 – 2021 ގެ ރަންޝީލްޑް ގެވެސް ވެރިޔާއެވެ.
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް 2020-2021 އެންމެ މޮޅު ދަރިވަރު އާދަމް ނާއިޝް ނަސީމް އަށް އިނާމް ދެއްވަނީ -
ސާނަވީ ތަޢުލީމާއި މަތީ ސާނަވީ ތަޢުލީމްގެ އުދަގޫ 2 މަރުހަލާގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު (ބެސްޓް އޯލް ރައުންޑް) ގެ މަޤާމް ލިބުމަކީ ވަރަށް މަދު ކުއްޖަކަށްނޫނީ ނުލިބޭ ހައިސިއްޔަތެކެވެ. މިފަދަ ފަޚުރުވެރި މަޤާމެއް ނާއިޝް ހޯދުމުން އޭނާވެގެން ގޮސްފައިވަނީ ތަޢުލީމީ ހަޔާތުގައި ދަރިވަރަކަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީ ލިބުނު ދަރިވަރަކަށެވެ.
ބެސްޓް އިން މޯލްޑިވްސް އެވޯރޑް އާދަމް ނާއިޝް ނަސީމްއާއި ހަވާލުކުރައްވަނީ - އޯލެވެލް ބިޒްނަސް ސްޓަޑީސް
އަޙްމަދިއްޔާއަކީ ރާއްޖޭގައި މަދަރުސީ ތަޢުލީމްގެ ހުރިހާ އުމުރު ފުރައަކަށް ކިޔަވައިދެއްވާ ހަމައެކަނި ސްކޫލެވެ. ވުމާއިއެކު އަޙްމަދިއްޔާ ވެފައިވަނީ ރާއްޖޭގައި އެއްސްކޫލެއްގައި އެންމެ ކުދިންގިނަ ސްކޫލަށެވެ.
އަޙްމަދިއްޔާގެ ދަރިވަރުން ލ.އަތޮޅުގެ އާސާރީ ތަންތަނަށް ކުރެއްވި ދަތުރުގައި އާދަމް ނާއިޝް ނަސީމް ބައިވެރިވި
އަދި ތަޢުލިމީ ރޭސްގައި ކުދީންގެ މެދުގައި އެންމެ ވާދަވެރި އެއް ސްކޫލަކީވެސް އަޙްމަދިއްޔާއެވެ. މިފަދަ ސްކޫލެއްގައި ސެކަންޑްރީގެ އެންމެ މޮޅު ދަރިވަރުއަށް ހޮވުނު ކުއްޖަކު އޭގެ 02 އަހަރު ފަހުން ހައި ސެކަންޑަރީގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހޮވުމުން ނާއިޝްގެ މަސައްކަތަކީ ފަޚުރުވެރިވުން ޙައްޤު މަސައްކަތެއްކަން ކަށަވަރެވެ.
އޯލެވެލް ޓޮޕް ޓެން އިން 01 ވަނަ ހާސިލް ކުރުމުން އާދަމް ނާއިޝް ނަސީމް އަށް އެވޯރޑް ހަވާލު ކުރައްވަނީ
ދިވެހި ސަރުކާރުން ދެއްވާ ހައި އެޗީވާސް އެވޯރޑް 2023 ހާސިލްކޮށް ޔުނިވަރސިޓީ ތަޢުލީމް އުގެނުމަށް މިހާރު އިގިރޭސިވިލާތައް ފުރުމަށް ދަތުރަށް ތައްޔާރުފައިވާ އާދަމް ނާއިޝް ނަސީމްއަކީ ކިޔެވުމާއި އެއްވަރަށް އިތުރު ހަރަކާއި ސްކޫލްގެ އެންމެހާ ހަރަކާތްތަކެއްގައި ނަމޫނާ ދަރިވަރެކެވެ.
އަޙްމަދިއްޔާގެ ދަރިވަރުން 2022 އަދި 2023 ވަނަ އަހަރު ބޭންކްކްއަށް ކުރެއްވި ދަތުރުގައި އާދަމް ނާއިޝް ނަސީމް ބައިވެރިވި
އެގޮތުން ނާއިޝްގެ ތަޢުލީމީ ހަޔާތުގެ ކާމިޔާބު ހަރުގަނޑުގައި ހުރިހާ ދާއިރާއެއްގެ ޓްރޮފީތަކާއި ޝީލްޑްތަކާއި މެޑަލްތައް އަދަދު ނުކުރެވޭހާ ގިނައިރު ނާއިޝްގެ ތަޢުލީމީ ހަޔާތުގެ ކާމިޔާބު ރަމްޒުކޮށްދޭ ފައިލްގައި ނެތީ މިވެނި ދާއިރާއެއްގެ ސެޓްފިކެޓެކޭ ނުދެންނެވޭނެއެވެ.
ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އަޙްމަދިއްޔާ އަދި ތިލަދުންމަތީގެ ފަޚްރުވެރި ދަރިވަރު ނާއިޝް ނަސީމްއާއި އިނާމް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާންއެވެ. އަޙްމަދިއްޔާ ސްކޫލްގެ 2022 – 2023 ގެ އެންމެ މޮޅު ދަރިވަރަށް ނާއިޝް ނަސީމް ހޮވިފާއިރު ނާއިޝްއަކީ 2023 ވަނަ އަހަރު އޭލެވެލް އެކައުންޓެންސީ އިން މުޅި ދުނިޔެއިން 02 ވަނަ ދަރިވަރެވެ.

ނާއިޝްގެ ޓްރޮފީ ހަރުގަނޑު ބަލާލިއިރު ހައްތަހާވެސް ފާހަގަކުރަންވީ ވަނަތަކެވެ. 2022-2023 ވަނަ އަހަރު އަހުމަދިއްޔާގެ މަތީސަނާވީ ބެސްޓް އޯލްޑަރ ދަރިވަރުގެ ޝީލްޑް ،2023 ގެ ހައި އެޗީވާރސް، 2023 ވަނަ އަހަރު އެކައުންޓެންސީން މުޅިދުނިޔެއިން 02 ވަނަ، 2023 ވަނަ އަހަރުގެ އޭލެވެލްއާއި ހައިސެކެންޑްރީ ސެޓްފިކެޓް އިމްތހާނުގެ ރާއްޖޭގެ ޓޮޕް ޓެންއިން 03 ވަނަ، 2022-2023 ވަނަ އަހަރުގެ މަތީ ސާނަވީ ސްކޫލް ޓޮޕް ޓެންއިން 03 ވަނަ، 2020-2021 ގެ ބެސްޓް އޯލްރައުންޑަރ ދަރިވަރުގެ ޝީލްޑް، 2021 ވަނަ އަހަރު ސާނަވީ ބިޒްނަސް ސްޓަޑީޒް- ބެސްޓް އިން މޯލްޑިވްސް އެވޯރޑް، 2021 ވަނަ އަހަރު ސާނަވީ ތަޢުލީމްގެ 08 މާއްދާއިން އޭ ސްޓަރ ހޯދައިން މުޅިރާއްޖޭގެ ޓޮޕްޓެން އިން 01 ވަނަ ، 2020-2021 ގެ ސްކޫލް ޓޕް ޓެންއިން 04 ވަނަ މީގެ އިތުރުން ނާއިޝްގެ މުޅި ތަޢުލީމީ ހަޔާތުގައި ސާނަވީއާއި މަތީ ސާނަވީގައިވެސް އެއިރަކު އުޅޭ ކްލާހެއްގެ 01 ވަނަ ނުވަތަ 02 ވަނާގައި ހިފެހެއްޓުމާއި ކޮންމެ އިމްތިހާނަކުންވެސް ގިނަމާއްދާތަކެއްގެ ސަބްޖެކްޓް އެވޯރޑައި ހޮނަލިސްޓެޑް އެވޯރޑާއި ކްލާސް ޕްރޮގްރެސް އެވޯޑާއި ކްލާސް ޕްރައިޒްގެ އެވޯޑް ނާއިޝްގެ ޓްރޮފީ ހަރުގަޑުގާހުރީ ގުނާ ކޮޅުންލާނެ ވަރަކަށް ނޫނެވެ.
ސްކޫލް ބޭންޑްގައި ހަރަކާތްރިވާ ދަރިވަރުންގެ ތެރެއިން ތަޢުލީމީގޮތުން އެންމެ ރަގަޅު ދަރިވުގެ އިނާމް އާދަމް ނާއިޝް ނަސީމް
މިއީ ނާޢިޝް ނަސީމްގެ އޯލެވެލް އަދި އޭލެވެން ތަޢުލީމީ ހަރުފަތުން މަދު މިންވަރެކެވެ. ނާއިޝްގެ ކާމިޔާބީ ރަމްޒްކޮށްދޭ ހަރުގަނޑުގައި އެހާމެ ގިނައަދަދަކަށް އިތުރު ހަރަކާތުގެ ޓްރޮފީއާއި ޝީލްޑާއި މެޑަލް އެކުލެވެއެވެ. އެގޮތުން އެންމެ ކުރީގެ ޓްރޮފީއަކަށްހުރީ 2011 ވަނަ އަހަރުގެ ނާއިޝްގެ ޢުމުރުން 06 އަހަރުގައި ލިބިފައިވާ " ކެލާ ޔޫތު ފޯރަމް" ޤުރުއާން މުބާރާތުގެ ޓްރިފީއެވެ. އެދުވަހުން ފެށިގެން ނާއިޝް ނަސީމް ވެފައިވަނީ ކެލާ ޔޫތު ފޯރަމްގެ މުބާރާތްތަކާއި ނާއިޝްގެ އެއިރުގެ ސްކޫލް ކަމުގައިވާ ޝައިޚް އިބްރާހީމް ސްކޫލްގެ މުބާރާތްތަކާއި އަދި ނާއިޝްގެ އުފަންރަށް ކެލާ ކައުންސިލްގެ މުބާރާތް ތަކުގެ އިތުރުން ނާއިޝް ނިސްބަތްވާ ބޮޑު ތިލަދުންމަތީގެ ދަރިވަރުންނަށް ޚާއްޞަކުރެވޭ މުބާރާތްތަކުގެ އެންމެ ފަޚްރުވެރި އެންމެ ކާމިޔާބު އެއްނަމުގެ ގޮތުގައެވެ. މިކޮންމެ މުއައްސަސާއެއްގެ އެތައް މުބާރާތެއްގެ ފަޚްރުވެރި 01 ވަނަ ނާއިޝްވަނީ އެތައް ފަހަރަކު ހާސިލްކޮށްފައެވެ.
އާދަމް ނާއިޝް ނަސީމް(ރަތްހެދުމުގަ) ޕްރައިމަރީ ތަޢުލީމް ޙާސިލްކުރި ހއ.ކެލާ ސްކޫލްގެ ކްލާސްމޭޓުންނާއި އެކު ސަޤާފީ ހަރަކާތެއްގައި
ރާއްޖޭގެ ޤައުމީ ޤުރުއާން މުބާރާތުގައި ހއ.ކެލާ އަދި ހއ.އަތޮޅު ނާއިޝް ތަމްޞީލްކޮށްފައިވަނީ އެއްފަހަރަށްވުރެ ގިނަފަހަރުއެވެ. ހަމައެހެންމެ ނާއިޝް ނަސީމް ވެފައިވަނީ މުޅިރާއްޖެއަށް ހުޅުވާލައިގެން ބޭއްވި "އަލިގަދަތަރި ޖޫނިއާރ" ޤުރުއާން މުބާރާތުގެ ފައިނަލް ރައުންޑްގައި ވާދަކުރުމުގެ އިތުރުން މާލޭގައި ދަރިވަރުންނަށް އަމާޒްކުރެވޭ އެތައް މުބާރާތެއްގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ފަރާތުންނާއި އަމިއްލަގޮތުން ވާދަކޮށް ފަޚްރުވެރި އެތަކެއް ކާމިޔާބީތައް ހޯދާފައެވެ.

އާދަމް ނާއިޝް ނަސީމްއަށް ކިޔަވައިދެއްވި ޓީޗަރުންނާއި އިތުރު ހަރަކާތުގައި އުޅުއްވި ޓީޗަރުންނާއި ކޯޗުންގެ ތެރެއިން މިރިޕޯރޓަށްޓަކައި ސުވާލުކުރި ފަރާތްތަކުގެ ނަޒަރުގައި ނާއިޝްއަކީ ކުއްޖަކު ކަންކަން ކާމިޔާބުކުރުމަށް ކުރާނެ ހުރިހާ މަސައްކަތެއް ކޮންމެ ކަމެއްގައިވެސް ކުރާ ކުއްޖެކެވެ.

އެގޮތުން ނާއިޝްގެ ތަޢުލީމީ ޙަޔާތުގެ ހުރިހާ ޢުމުރު ފުރައެއްގައި ނުވަތަ ހުރިހާ މަރުހަލާއެއްގައިވެސް ކިޔެވުމުގެ އިތުރުން ބައިވެރިވި އެންމެ ވާދަވެރި މުބާރާތްތަކާއި ހަރަކާތްތަކަކީ ކީރިތި ޤުރުއާން މުބާރާތްތަކާއި ޗެސް މުބާރާތްތަކާއި މަދަޙަ މުބާރާތްތަކާއި ކެރަމް މުބާރާތްތަކާއި ބާސްކެޓް މުބާރާތްތަކާއި ސްކޫލްބޭންޑްގެ ހަރަކާތްތަކާއި އަދަބީ ކްއިޒްތަކާއި އިސްލާމީ ކްއިޒް މުބާރާތްތަކާއި އަދަބީ މުބާރާތްތަކާއި ސްޓޭޖު ޕާރފޯމަންސާއި އެކިއެކި ފޯރަމްތަކާއި ގުޅިގެން ނާއިޝްއަށް ލިބިފައިވާ ކާމިޔާބީތަކުގެ ރަމްޒު ނާއިޝްގެ ޓްރޮފީ ހަރުގަޑުގައި ވިދަވިދާ ހުރިކަން ފާހަގަ ކުރަމެވެ.
އަޙްމަދިއްޔާގެ ޕްރިންސްޕަލްގެ އަރިހްގައި ސްކޫލް ކެޕްޓަން އާދަމް ނާއިޝް ނަސީމް އަދި ސްކޫލްގެ މަތީ މަޤާމްތަކުގެ ދަރިވަރުން
ނާއިޝްގެ ބައްޕަ އަޙްމަދު ނަސީމް ހާމަކުރެއްވި ގޮތުގައި މިހުރިހާ ޓްރޮފީއާއި ޝީލްޑާއި މެޑަލްއަށްވުރެ ނާޢިޝްއަށް ޚާއްޞަވަނީ އޭނާއަށް ސްކޫލްއަށް ކޮށްދެވޭ ޚިދުމަތެވެ. އަބަދުގެވެސް އުންމީދަކަށްވެފައިވަނީ ކޮންމެ ވަގުތަކުވެސް ސްކޫލްއިން އެދިލެއްވި ކޮންމެ ކަމެއް އެންމެ އަވަހަށް އެހާމެ ފަރުވާތެރިކަމާއިއެކު އެންމެ ފުރިހަމައަށް ކުރުމެވެ. އެގޮތުން ނާއިޝްގެ ފަރާތުން ސްކޫލުން އެދިލެއްވި ކޮންމެ ކަމެއްކުރުމުގެ އިތުރުން ކޮންމެ ހަރަކާތެއްގައި ނާއިޝްވަނީ ބައިވެރިވެފަކަން ނަސީމް ފާހަގަކުރިއެވެ.
އެންމެ ވާތުގައި އާދަމް ނާއިޝް ނަސީމް ހއ.އަތޮޅު ޤުރުއާން މުބާރާތުގައި ނާއިޝްގެ އުފަންރަށް ހއ.ކެލާ އަށް ޝަރަފް ހޯދައިދިން
ޚާއްޞަކޮން ސްކޫލުން ކިތަންމެ ވަގުތުނެތި ގުޅުއްވިޔަސް އެކަމެއްގައި ބައިވެރިވާކަމާއި ތަޢުލީމީ ހަޔާތުގެ ގިނަވަގުތު ހޭދަކުރީ ސްކޫލް ޔުނީފޯގައިކަމުން އޭގެ ނަތީޖާ ވަރަށް ފޮނިކަން ފާހަގަކުރަމުން ނާއިޝްގެ ބައްޕަ ބުނުއްވީ، ނާއިޝްއަކީ ޅަފަތުގައި ނަމުގައި ކުލާސްމުނިޓަރކަން ކުދިންނާއި ހަވާލުކުރައްވާ ޢުމުރުން ފެށިގެންވެސް ގުރޭޑް 12 އާއި ހަމައަށް ކްލާސް މުނިޓަރކަން އެއިރަކު އުޅޭކްލާހެއްގައި އެދުވަސްވަރަކު އުޅުނު ސްކޫލްގައި ހަމަޖެހިފައިވާ އުޞޫލަކުން ލިބިފައި ކުއްޖެއްކަމާއި އަދި ގްރޭޑް 04 ކުންފެށިގެން ގްރޭޑް 12 އަށް ސްކޫލްގެ ޕްރީފެކްޓެއްގެ ހައިސިއްޔަތުން އަބަދުވެސް ސްކޫލަށް ޚިދުމަތްކުރުމުގެ އިތުރުން ޕްރައިމަރީ ތަޢުލީމް ޙާސިލްކުރި ކެލާ ޝައިޚްއިބްރާހީމް ސްކޫލްގައި އުފެދިފައިވާ ހައުސްތަކާއި ކްލަބްތަކުގެ އިސްމަޤާމްތައް އަދާކޮށްފައިވާއިރު ސެކަންޑަރީ ތަޢުލީމްގައި އަޙްމަދިއްޔާގެ ޗާނދަނީ ހައުސްއާއި ސްކޫލްގެ ކްލަބުތަކުގެ އިސްމަޤާމްތަކުގައިހުރެ ސްކޫލްއަށް ޚިދުމަތްކުރުމުގެ އިތުރުން އަޙްމަދިއްޔާގެ ސެކެންޑްރީ "ވައިސް ކެޕްޓަން" ކަންކުރުމާއި ގުރޭޑް 11 އަދި 12 ގައި އަޙްމަދިއްޔާގެ " ހައި ސެކެންޑްރީ ކެޕްޓަން " ގެ ގޮތުގައިހުރެ ސްކޫލްއަށާއި ދަރިވަރުންނަށް ޚިދުމަތްކުރުމަށް ލިބުނު ފުރުސަތު ނާއިޝް ބޭނުންކުރީ ސްކޫލްގެ އެންމެ ބޭފުޅުންގެ އިރުޝާދާ ދަރިވަރުންގެ ގާތްގުޅުމާއި އެކުގައި މަސައްކުރި ކުދިންގެ ފުރިހަމަ އެއްބާރުމާއިއެކުގައިކަމަށެވެ.
އިންޓަރ ސްކޫލް ޖޫނިއަރ ޗެސް ޓީމްގެ ފަރިތަކުރުން ތަކުގައި އާދަމް ނާއިޝް ނަސީމް ހަރަކާތްތެރިވަނީ
ނާއިޝްގެ އާއިލާ އެންމެ އުފާވަނީ ރާއްޖޭގެ އެންމެ ކާމިޔާބު އެންމެ ކުދިންގިނަ އަދި ތަޢުލީމީ ރޮގުންނާއި ޔުނީފޯރމް ބޮޑީޒް ނުވަތަ ސްކޫލްގެ އިސް މަޤާމްތައް ކާމިޔާބު ކުރުމުގައި ރާއްޖޭގައި އެންމެ ވާދަވެރި އެއް ސްކޫލް ކަމުގައިވާ އަޙްމަދިއްޔާގެ އެންމެ ފަޚްރުވެރި ދަރިވަރުންގެ ކުރީ ސަފްގައި ހިމެނޭތޯ ރެއާއި ދުވާލު ވާރެއާއި އަވީގައި ފިންނާއި ހޫނުގައި މަދަރުސީ ތަޢުލީމުގެ މުޅިޙަޔާތުގައި ހަފްތާގެ ހުރިހާ ދުވަހަކު ފަތިހުން މެންދަމަށް އަވަދިނެތި ނާއިޝް ކުރި ބުރަ އެހާމެ އުދަގޫ ނުހަނު ހިތްވަރުގަދަ މަސައްކަތުގައި ދަރިފުޅާއި ގާތުގައި މަންމަޔާއި ބައްޕައަށް ހުރެވުމުގެ ނަސީބު މާތް ﷲ މިންވަރު ކުރެއްވީމަ އަދި ދަރިފުޅު ކަންބޮޑުވާ ކޮންމެ ވަގުތަކު އެކަމެއްގައި ބައިވެރި ވެވުނީމަ ކަމަށްވެސް ނާއިޝްގެ ބައްޕަ ބުނުއްވިއެވެ.
މީގެ 10 އަހަރުކުރިން ހއ.އަތޮޅު ޤުރުއާން މުބާރާތުގައި ކެލާ ތަމްޞިލް ކުރި ދަރިވަރުން ވާތުން އެންމެ ކުރީގައި ނާއިޝް ނަސީމް
ނާއިޝް މިހާރުވަނީ މަތީ ތަޢުލީމްގެ މަރުހަލާއަށް އިގިރޭސިވިލާތައް ފުރަން ތައްޔާރުވެފައިކަމަށް މިނޫހަށްވަނީ އެގިފަ، އެނިންމުމަކީ އާއިލާއަށް ކިހާ އުދަގޫ ނިންމުމެއްތޯ އެހުމުން ނާއިޝްގެ ބައްޕަގެ ޖަވާބަކީ " އަޅުގަނޑުމެންނާއި ވަކިން މުޅި ޢުމުރުގައިވެސް ނާއިޝް އަދި ދިރިއުޅެފައެއްނުވޭ ، މާތްﷲ ގެ މިންވަރުފުޅުން މިއަދާއި ހަމައަށްވެސް އަޅުގަނޑުމެންގެ ދަރިފުޅަކީ އާއިލާއަކުން ބޭނުންވާނެ ހުރިހާކަމެއް އެންމެ ފުރިހަމައަށް ކުރިކުއްޖެއް، ފިލާވަޅުހަދަން ނުވަތަ ދަސްކުރަން އަދި އިތުރު ހަރަކާތުގެ ކަމެއްގައި އާއިލާއިން ބުނަންޖެހިފައެއްނުވޭ ، ވީމާ ނާއިޝްއާއިއެކު ނާއިޝްގެ އާއިލާ އަބަދުވެސް ހިތްވަރުކުރާނެ، އެހެނަސް ޙަޤީޤަތަކީ ނާއިޝްއާއި އާއިލާއަށްވެސް އެންމެ އުދަގޫ ނިންމުންއެއީ ، އެހެނަސް މާތްﷲގެ ވާގިފުޅާއިއެކު ނާއިޝް އެމަރުޙަލާވެސް ފުރިހަމަކޮށް އަޅުގަނޑުމެންގެ ދުޢާއަކީ ދަރިފުޅުގެ އުންމީދު ތަކުގައި ވަރަށްފުރިހަމައަށް ކުލަޖެހި ޖަރީވުން."
ސްކޫލްތަކުގެ ދަރިވަރުންނަށް ހިންގަވާ ޖާނަލިޒމް ވޯރކް ޝޮޕްގެ ސެޓްފިކެޓާއި ނާއިޝް ނަސީމް ހަވާލުވަނީ
އާދަމް ނާއިޝް ނަސީމްއަކީ ސްކޫލްގެ މާހަޢުލާއި އިތުރު ހަރަކާތުގައި އަދި ސްކޫލް ތަމްސލްކުރި އެންމެހާ ހަފްލާތަކާއި ޖަލްސާ އަދި ސެމިނަރ ވޯރްކް ޝޮޕްގައިވެސް ހުރިހާ ގޮތަކުންވެސް ލީޑަރޝިޕް ސްކީލްހުރި އެހެންކުދީން ނަމޫނާ އަކަށް ބަލަންޖެހޭ ކުއްޖެއްކަމަށް މިނޫހުން ސުވާލުކުރި ނާއިޝްގެ ޓީޗަރުންވަނީ ވިދާޅުވެފައެވެ
އާދަމް ނާއިޝް ނަސީމްގެ ކާމިޔާބީ ރަމްޒްކޮށްދޭ ރެކްގެ ފޮޓޯއެއް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!