ޝަހާދަތް ކިޔުއްވުމަށްފަހު ދަރުސް ދެއްވަނިކޮށް ސެއިޚް ނިޔާވުން، ކޮންމެ ވަގުތަކުވެސް މަރުވެދާނެ!

saharaa

ޝޭހް އަބްދުލް ލަޠީފް އަހްމަދު ބާޤީ ކައިވެނި ހަފްލާއަކަށް ވަޑައިގެން ޝަހާދަތް ކިއުއްވުމަށްފަހު ކައިވެންޏާއި ގުޅޭ ދަރުހެއް ދެއްވަން ހުންނަވަނިކޮށް ވަނީ މިދުނިޔެ ދޫކުރަށްވާފައެވެ. މިފަދަ އެތައް ހާދިސާއަކުން އަޅުގަނޑުމެން އިބުރަތް ލިބިގަންނަން ޖެހެއެވެ. މަރު ބައްދަލުކުރާނޭ ވަގުތު ހަމަ އެކަކަށްވެސް ނޭނގޭ ކަމުން އަބަދުމެ ތިބެންވާނީ މަރަށް ތައްޔާރުވެގެންނެވެ.

ކޮންމެ މުސްލިމަކުވެސް މިދުނިޔެއަށް އުފަންވާއިރު އެމީހަކަށް ރަހުމަތެއްގެ ގޮތުގައި އާއިލާގެ މެމްބަރުން ބަންގީގެ އަޑުއިއްވައެވެ. އަދި ޝަހާދަތުގެ ދެކަލިމަ ކިޔައިގެން ހުއްޓައި އެމީހެއްގެ މަރުގެންނަވައިފި މީހަކަށް މަތިވެރި ސުވަރުގެ ލިބޭނެކަމަށް ސާހީ އަލްބުޙައިރީ ހަދީސްގައި ރިވާވެފައިވެއެވެ. އެހެންކަމުން ޝަހާދަތް ކިޔައިގެން ހުއްޓައި މަރުއައިސް އެމީހަކާ ބައްދަލުކުރުމަކީ ކޮންމެ އިންސާނަކަށްވެސް މިދުޔެނިޔެ މަތިން ލިބިގެންދާނެ އެންމެ ބޮޑު ނަސީބެވެ.

މިފަދަ މަރަކީ މުސްލިމަކަށް ލިބޭނެ ނިޢުމަތެކެވެ. އެމީހާގެ ފުރާނައަށް ލިބިގެންދާ ބޮޑު ލުޔެކެވެ. ކޮންމެ މުސްލިމެއްގެ ދުޢާއަކީ މިފަދަ ރިވެތި ގޮތެއްގައި އެމީހަކު މިދުނިޔެ ދޫކޮށް ދިއުމެވެ.

މަރުވާނެކަން އެއީ ކޮންމެ އިންސާނަކުވެސް ޤަބޫލްކުރާ ނަމަވެސް، އަޅުގަނޑުމެންގެ ސިކުނޑީގައި ގިނަފަހަރު އެކަމެއް ހަނދާން ނައްތާލެވިފައިވާ ބަދަލުއައުމެއްނެތް ހަޤީގަތެކެވެ. މަރަކީ އަޅުގަނޑުމެންގެ ނިމުން ނޫން ކަމާއި ދާއިމީ ދުނިޔެއްއަށް ވާސިލް ވުމަށް އޮތް ރާސްތާކަން އިސްލާމްދީން އަޅުގަނޑުމެނަށް އުނގަންނައިދެއެވެ. މިދުނިޔެއަށް އިންސާނުން ފޮނުއްވެވި މަޤްސަދާއި މިވަގުތީ ދުނިޔެމަތީ އަޅުގަނޑުމެންގެ އަމަލްތައް ހުރިގޮތުގެ ނަތީޖާ އަށް އަޅުގަނޑުމެން ވާސިލް ވަނީ މަރުވުމުންނެވެ.

މަރަށް ތައްޔާރުވުމަކީ މުޅި އުމުރުދުވަހުގެ މަސައްކަތެކެވެ. ބާލިޣުވުމަށްފަހު އެމީހެއްގެ ކޮންމެ އަމަލެއްގެ ހިސާބު ބެއްލެވޭނެއެވެ.
އިމާމް އަލީ ބިން އަބޫ ތާލިބް (ރ.އ) މަރަށް ތައްޔާރުވުމުގެ ގޮތުން އުނގަންނައިދެއްވާފައިވާ ބައެއް ކަންކަން މި ލިއުމުގައި ފާހަގަ ކޮށްލާނަމެވެ.

އެންމެ މުހިންމުކަމަކީ ވާޖިބު ތަކަށް ރައްކާތެރިވެ ހެޔޮއަމަލު ގިނަކޮށް މާތް ﷲ ނަހީ ކުރެއްވެވި އެންމެހައި ކަންތައްތަކުން ދުރުހެލިވެ ފާފަތަކުން ރައްކާތެރިވުމެވެ. މި ދުނިޔެއަކީ ވަގުތީ ތަނެއްކަމާއި ، މިއީ އަޅުގަނޑުމެންގެ އާޚިރަތުގެ ހަޔާތް ބާއްޖަވެރިކުރުމަށް ލިބޭ ހަމައެކަނި ފުރުޞަތުކަން ހަނދާނުގައި ބަހަށްޓަން ޖެހެއެވެ. މިދުނިޔޭގެ ޒީނަތްތެރިކަމަކީ ލޮލަށް ފެނިގެންދާ ބިލާހެއްފަދަ އެއްޗެކެވެ. އަދި މިދުނިޔޭގެ އުފާ ހޯދަން މަސަތްކަތް ކުރަމުންދާ މީހަކު އާޚިރަތް ދުވަސް އަންނާނެކަން ހަނދާން ނެތި ، އެމީހާ މިދުނިޔެއަށް ފޮނުއްވެވި މަޤްސަދު ހަނދާނެތި މަގުއޮޅެއެވެ.

މަރަށް ތައްޔާރުވުމުގެ ގޮތުން މަރުއައިސް އެމީހަކާ ބައްދަލުކުރުމުގެ ކުރިން ވާޖިބު ތައް ފަރުވަތެރިކަމާއެކު އަދާކޮށް ، މާތް ﷲ ނަހީ ކުރެއްވެވި އެންމެހާ ކަންތަކުން ދުރުހެލިވެގެން ހުރެވޭތޯ މަސައްކަތް ކުރައްވާށެވެ.

މީހެއްގެ އަތުން ދަރަންޏަށް އެއްޗެއްނަގައިފައިވާނަމަ ހާލަތު ތަންދިން އެންމެއަވަހަކަށް އެއެއްޗެއް ރައްދުކުރެވޭތޯ ބައްލަވާށެވެ. އަދި ރައްދު ނުކުރެވޭ އެއްޗެއްވާނަމަ އެކަން ވަޞިއްޔަތެއް ތައްޔާރު ކުރެއްވުމަށްފަހު ލިއުމުން އެނގޭނޭ ގޮތަކަށް ބާއްވަވާށެވެ.

އިސްލާމީ ޝަރީއަތާއެއްގޮތް ވާގޮތުގެ މަތީން މަރުވުމުން ވާރިސުންގެ މެދުގައި މުދާ ބަހަން ބޭނުންވާ ގޮތް ބަޔާންކޮށް ލިއުމެއް ތައްޔާރު ކޮށްފައި ބާއްވާށެވެ. އޭރުން މަރުވެ ދިއަކަމުގައި ވިޔަސް އެމީހެއްގެ މުދަލާ ފައިސާގެ ސަބަބުން ވާރިސުންގެ މެދުގައި ބައިބައިވުމާ ދެބަސްވުންތައް މަދުވާނެއެވެ.

އަނގަބަހުންވިޔަސް ނުވަތަ ލިއުމުންވިޔަސް ހާލަތުތަން ނުދިނުމުގެ ސަބަބުން ނުކުރެވިހުންނަ ދީނީ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ވަސިއްޔަތުގައި ލިއެފައި ނުވަތަ އަނގަބަހުން އިތުބާރުކުރާ އާއިލާ މީހުންގާތު އެކަންކަން ފުރިހަމަ ކޮސްދެއްވުމަސް އެދިފައި ބާއްވާށެވެ.
މަރުގެ ވަގުތަކީ އެއްވެސް މީހަކަށް އެނގޭނޭ ވަގުތެއް ނޫންކަމުން އެންމެ ގާތުގައިވާ ކަމަކީ އެމީހެއްގެ މަރުކަން ހަނދުމަނައްތާ ނުލަށްވާށެވެ. !

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *