އެމްޑީޕީ ޕްރައިމަރީގައި 1228 ކެންޑިޑޭޓުން ވާދަކުރާއިރު ލިސްޓު ވަނީ އާންމުކޮށްފަ

56303960-88C0-4DFA-9A5C-2D4C9B317A21

އެމްޑީޕީ ޕްރައިމަރީގައި 1228 ކެންޑިޑޭޓުން ވާދަކުރާއިރު ލިސްޓު ވަނީ އާންމުކޮށްފައެވެ.

އަންނަ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށްފި އެވެ.

ހއ އަތޮޅު ރަށު ކައުންސިލް ތަކަށް ޖުމްލަ 95 ފަރާތަކުން ކުރިމަތިލާފައިވާއިރު ހދ އަތޮޅުން 58 ފަރާތަކުން ވާދަކުރާނެއެވެ. ށ. އަތޮޅު ރަށު ކައުންސިލްތަކަށް 86 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.

ހއ އަތޮޅު ކައުންސިލްގެ ރައީސް ގެ މަޤާމަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުން ނެވެ. އެއީ މޫސާ ޝަފީޤް ނިޝާން ހއ ދިއްދޫއެވެ. އެހެން ކަމުން ޕްރައިމަރީއަކށް ނުގޮސް މޫސާ ޝަފީގް އަށް މިވަނީ އެމްޑީޕީގެ ޓިކެޓް ކަށަވަރު ވެފައެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް 3 ފަރާތަކުން ކުރިމަތިލާފައިވާއިރު އެއީ:

މުޙައްމަދު ސިރާޖު، ފެސްކޯ / ހދ ވައިކަރަދޫ
އަންސޫދާ ޢަބްދުލްކަރީމް ، ކެނެރީގެ / ހދ ހަނިމާދޫ
މުޙައްމަދު ސިޒާން، ގްރީންވިލާ / ހދ ނޭކުރެންދޫ

ށ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް 2 ފަރާތަކުން ކުރިމަތިލާފައިވާއިރު އެއީ:

މުޙައްމަދު ޝިޔާމް، ކެތީހައުސް / ށ މިލަންދޫ
މުޙައްމަދު ރާޝިދު، ޔުނިވާރސް / ށ. ފޯކައިދޫ

ނ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް 4 ފަރާތަކުން ކުރިމަތިލާފައިވާއިރު އެއީ:

މުޙައްމަދު ބަޝީރު، ރީފް، / ނ. ޅޮހީ
ޢަބްދުﷲ ޝަހީދު، ގުލްބަކާގެ / ނ. މާޅެންދޫ
ޢަބްދުލްޙަމީދު ޢަބްދުއްރަޙްމާން، ނާދީ / ނ. މާފަރު
ޢަލީ ޘާފިރު، ޕޫލްވާރީ / މަނަދޫ

އެމްޑީޕީން މިލިސްޓު އާންމުކޮށްފައިވާއިރު އެންމެ ފަހުން ސިޓީއެއްގެ ދަރަޖަ ދީފައިވާ ކުޅުދުއްފުށީ ސިޓީގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލަފަ އެވެ. ޕްރައިމަރީގައި ވާދަކުރުމަށް އެޕްލިކޭޝަން ފޯމް މިމަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުށަހެޅޭނެއެވެ.

އެމްޑީޕީއިން އާންމުކޮށްފައިވާ ލިސްޓަށް ބަލާލާއިރު ސިޓީ ކައުންސިލްތަކުގެ ޕްރައިމަރީގައި ވާދަކުރާނީ 108 ކެންޑިޑޭޓުންނެވެ. އެއީ މާލެ ސިޓީ އަށް 49 ކެންޑިޑޭޓުން، އައްޑޫ ސިޓީއަށް 44 ކެންޑިޑޭޓުން އަދި ފުވައްމުލަކު ސިޓީ އަށް 15 ކެންޑިޑޭޓުންނެވެ. އަތޮޅު ކައުންސިލްތަކަށް ކުރިމަތިލާފައިވަނީ 53 ކެންޑިޑޭޓުންނެވެ. ރަށު ކައުންސިލްތަކަށް ކުރިމަތިލާފައިވަނީ 1067 ކެންޑިޑޭޓުންނެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ. އެމްޑީޕީ ޕްރައިމަރީ މިމަހު ބާއްވާއިރު އެމްޑީޕީން މިހާރުވެސް ވަނީ ލޯކަލްކައުންސިލް އިންތިޚާބުގެ ކެމްޕޭން ފަށާފަ އެވެ.

ސިޓީ ކައުންސިލް ތަކަށް ކުރިމަތި ލެއްވި ކެންޑިޑޭޓުންގެ ލިސްޓް

އަތޮޅު ކައުންސިލް ތަކަށް ކުރިމަތި ލެއްވި ކެންޑިޑޭޓުންގެ ލިސްޓް

ރަށު ކައުންސިލް ތަކަށް ކުރިމަތި ލެއްވި ކެންޑިޑޭޓުންގެ ލިސްޓް

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *