އައިޖީއެމް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ސާޖަރީ ކޭމްޕެއް އޮގަސްޓް 7 އިން 10 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޭމްޕުގައި އޮޕަރޭޝަންތައް ކުރައްވާނީ އައިޖީއެމް ހޮސްޕިޓަލުގެ ތަޖުރިބާކާރު ދެ ޑޮކްޓަރުންނެވެ. އެއީ އައިޖީއެމްއެޗްގެ އެކްޓިންގ މެޑިކަލް ޑިރެކްޓަރ، ޑިޕާޓްމަންޓް އޮފް ސާޖަރީގެ ހެޑް އަދި ޕްލާސްޓިކް ސާޖަރީގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ކަމުގައިވާ ޑރ. މުޙައްމަދު ވަޙީދު އާއި، ލެޕަރޮސްކޯޕިކް ސާޖަރީތަކުގެ ތަޖުރިބާކާރު ޑޮކްޓަރު އަދި އައިޖީއެމްއެޗްގެ ޖެނެރަލް ސާޖަރީ ޔުނިޓްގެ ހެޑް ޑރ. އަބްދުﷲ އުބައިދުއެވެ.
މި ކޭމްޕުގައި އޮޕަރޭޝަން ހެދުމަށް ބޭނުންފުޅުވާ ބޭފުޅުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޮޕަރޭޝަން ޑޮކްޓަރުންނަށް ދައްކަވައި ޖާގަ ކަށަވަރުކުރެއްވުމަށް ވަނީ އެދިފައެވެ. މި ކޭމްޕަކީ އުތުރުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ޚާއްޞަކޮށް އަމާޒުކޮށްގެން ބޭއްވޭ ކޭމްޕެއް ކަމަށް ބެލެވެއެވެ.
މި ކޭމްޕުގައި ލެޕަރޮސްކޯޕިކް ސާޖަރީ އަދި ޕްލާސްޓިކް ސާޖަރީގެ އޮޕަރޭޝަންތައް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ލެޕަރޮސްކޯޕިކް ސާޖަރީއަކީ ބަނޑުފަޅާލުމަކާ ނުލައި ކުޑަ ލޯވަޅުތަކެއް އަޅައިގެން ކުރެވޭ އޮޕަރޭޝަނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!