އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި އޮފީސްތަކަށް ހާއްސަކޮށްގެން އުރީދޫ ނޭޝަން އިންޓަ އޮފީސްމުބާރާތް އިއުލާނުކޮށްފިއެވެ.

މި މުބާރާތުގައި މަގުބޫލު ތިން ގޭމެއްކަމަށްވާ އީއޭއެފްސީ24، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީމޮބައިލްގައި ހިމެނޭ އީސްޕޯޓްސް ވަނީ ހިމަނާފައެވެ.

Ad
rt

އުރީދޫ ނޭޝަން އިންޓަ އޮފީސް މުބާރާތަކީ ރާއްޖޭގައި އުފެދިފައިވާ އީސްޕޯޓްސް ކޮމިއުނިޓީއަށް ހިތްވަރުދީ ކުރިއެރުވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތަކީ މުވައްޒަފުންގެ ގޭމިން ހުނަރު ދައްކާލައި، ޓީމްވޯކްއިތުރުކޮށް، އެކުވެރިކަން އުފެއްދުމަށް ރަގަޅު މުބާރާތެއް ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ ނޭޝަން އިންޓަ އޮފީސް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުއެވެ. މި މުބާރާތްތައް ލައިވްކޮށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި،ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ޓީމުތަކަށް 2 އޮގަސްޓް 2024 ގެ ކުރިންރަޖިސްޓްރީ ކުރެވޭނެއެވެ.

މުބާރާތުގެ ހައިލައިޓްސް:

އެފްސީ24: ފުޓްބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް އީއޭ ސްޕޯޓްސްގެ އެންމެ ފަހުގެފުޓްބޯޅަ ސިމިއުލޭޝަން ގޭމް އެފްސީ24 ގައި ހުނަރު ސާބިތުކޮށްދިނުމުގެ ފުރުސަތުލިބިގެންދާނެއެވެ. ރިއަލިސްޓިކް ގޭމްޕްލޭ އާއި ވާދަވެރި ފީޗާތަކާއެކު ބައިވެރިންނަށް ވާޗުއަލް ފުޓްބޯޅައިގެ ހުނަރު ދައްކާލުމަށް މިއީ ފުރިހަމަ މުބާރާތެކެވެ. އީއޭއެފްސީމުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 20،000 ރުފިޔާއެވެ.

ރަޖިސްޓްރީ ކުރުމަށް: http://ore.do/eafcoffice

އެއްވަނަ: 10،000ރ.
ދެވަނަ: 6000ރ.
ތިންވަނަ: 4000ރ.

މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ): މަޝްހޫރު މޮބައިލް މަލްޓިޕްލޭޔާއޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމް، އެމްއެލްބީބީގައި ޓީމްތަކުން ހަނގުރާމަތަކުގައި ބައިވެރިވާނެއެވެ. ޓީމުތައް މޮޅުވުމަށް ވާދަކުރާއިރު ސްޓްރެޓެޖީ،ކޯޑިނޭޝަން އަދި ކުއިކް ރިފްލެކްސް މުހިންމުވާނެއެވެ. މި މުބާރާތުގެ ޖުމްލަ ޕްރައިޒްޕޫލަކީ 10،000 ރުފިޔާއެވެ.

ރަޖިސްޓްރީ ކުރުމަށް: http://ore.do/mlbboffice

އެއްވަނަ: 4000ރ.
ދެވަނަ: 3000ރ.
ތިންވަަނަ: 2000ރ.
އެމްވީޕީ: 1000ރ.

ޕަބްޖީ މޮބައިލް: ބެޓްލް ރޯޔަލް އެރީނާއަކަށް ކުޅުންތެރިން ޕެރަޝޫޓް ކުރާއިރު،އެ ތަނުގައި ވާދަވެރިން ފަހަތަށް ޖައްސާލަން ޖެހެނީ ޗިކަން ޑިނާ ހޯދުމަށެވެ. ޕަބްޖީ މޮބައިލްގެ ހަލުވި އެކްޝަން އަދި ޓެކްޓިކަލް ގޭމްޕްލޭގެ ސަބަބުންބައިވެރިން ވިސްނައިގެން ކުޅެގެން ނޫނީ މޮޅުވުމުގެ ފުރުސަތު ގެއްލިދާނެއެވެ. މިމުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 20،000 ރުފިޔާއެވެ.

ރަޖިސްޓްރީ ކުރުމަށް: http://ore.do/pubgmoffice

އެއްވަނަ: 8000ރ.
ދެވަނަ: 5000ރ.
ތިންވަނަ: 3000ރ.
ހަތަރުވަނަ: 2000ރ.
ފަސް ވަނަ: 1000ރ.
އެމްވީޕީ: 1000ރ.

އުރީދޫ ނޭޝަން އިންޓަ އޮފީސް މުބާރާތުގައި ޓީމްތައް ރަޖިސްޓްރީކޮށް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު ރަޖިސްޓްރީކުރުމުގެ ތަފްސީލާއި އިތުރު މައުލޫމާތު އުރީދޫ ނޭޝަންގެ ރަސްމީ ވެބްސައިޓުން ލިބެންހުންނާނެއެވެ.