އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކޮށްގެން މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޕެނީ (އެމްޓީސީސީ) އިން ރައްޔިތުނަށް ފޯރުކޮށްދޭ ބަހުގެ ހިދުމަތާއި ފެރީގެ ދަތުރުތަކަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.

މީގެ ކުރިން އެމްޓީސީސީގެ ބަހާއި ފެރީ ދަތުރުތަކަށް "ޓެޕް އެންޑް ގޯ" ފީޗާ އިން ފައިސާ ދެއްކެނީ ވިސާަ އަދި މާސްޓަ ކާޑުތަކުންނެވެ. ނަމްވެސް އެމެރިކަން އެކްސްޕްރެސްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ބަހާއި ފެރީގެ ޓިކެޓަށް މިހާރު ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

Ad
rt

ކޭޝް ކާޑު ބޭނުންކޮށްގެން އާރްޓީއެލް ބަސް ޓިކެޓު ނެގޭނެ އިންތިޒާމު ހަމަޖެއްސީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

ބަސްދަތުރު ތަކުގައި މިހާރު ތިން ގޮތަކަށް ފައިސާ ދެއްކެއެވެ. އެއީ ނަގުދު ފައިސާ އާއި އެ ކުންފުނީގެ ވެބްސައިޓުން ޓިކެޓް ރިޒަވޭޝަނުން ފައިސާ ދެއްކުމުގެ އިތުރުން ކޭޝް ކާޑު ބޭނުންކޮށްގެނެވެ.

ބަހުގެ ހިދުމަތް ހޯދާ 65 އަހަރުން މަތީގެ މީހުންނާއި 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދެއްކެމުން ހިލޭ ދަތުރުކުރެވެއެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެންސްޕާ ކާޑު ބޭނުންކުރެވެއެވެ. އަދި ޔުނިފޯމްގައި ތިބޭ ސްކޫލް ދަރިވަރުންނާއި ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުން ކޮލެޖް ނުވަތަ ޔުނިވާސިޓީ ކާޑު ދެއްކުމުން ބަސް އަދި ފެރީގައި ހިލޭ ދަތުރު ކުރެވެއެވެ.

މާލެ ސަރަހައްދުގައި ދުއްވާ ބަސްތަކަކީ ޑިމާންޑު ބޮޑެވެ. އެހެންވެ، ކޮންމެ ދުވަހަކުވެސް ޕީކްގަޑިތަކުގައި ކޮންމެ 15 މިނެޓަކުން އެމްޓީސީސީގެ ބަހުގެ ހިދުމަތް ލިބޭގޮތް ވަނީ ހަދައިފައެވެ.