ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފިއެވެ.
އަދާލަތު ޕާޓީން ބުނީ ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ގައި ކަމަށެވެ.
ޓިކެޓަށް އެދޭ ފޯމާއެކު ގާނޫނީ ފޯމް ވެސް ފުރަންޖެހޭނެ ކަމަށް އެ ޕާޓީން ބުންޏެވެ.
ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނީ ހ. ފުލިދޫގެ ތިންވަނަ ފަންގިފިލާގައި ހުންނަ އަދާލަތު ޕާޓީގެ މައި އޮފީހަށް ކަމަށް ވެސް އެ ޕާޓީން ހާމަކުރެއެވެ.
މިހާތަނަށް ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އަދި ޕީޕީއެމް އިން ވަނީ ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ޕާޓީތަކުގެ އޮފީހަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ.
އެ ޕާޓީތަކުން ވަނީ ޕްރައިމަރީއެއް ބާއްވަން ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!