އިހަވަންދޫން ފަތުރުވެރިކަމާއި ގުޅުންހުރި ހިދުމަތް ދިނުމަށް ބިން ދޫކުރަން ނިންމައި، އެ ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

މި މަސައްކަތް ކުރުމަށް އެ ރަށުން ދޫކުރަން ކައުންސިލުން ނިންމާފައި ވަނީ 3500 (ތިންހާސް ފަސްސަތޭކަ) އަކަފޫޓުގެ 3 ބިމެކެވެ. އެ ބިންތަށް ދޫކުރަނީ 25 އަހަރުގެ މުއްދަތަށެވެ. އެ ބިންތައް އޮންނަނީ އެ ރަށުގެ ދިލްޝާދު ހިނގުމުގެ ދެކުނުން ތިލޭރު ހިނގުމުގެ އިރަށް އޮންނަ ސަރަހައްދުގައެވެ.

Ad
rt

މި ބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފާރާތްތަކުން އަންނަ ޖޫން މަހުގެ ހަވަނަ ދުވަހުގެ 13:00 އަށް އެ އިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުމަށް އެ ކައުންސިލުން އެދެއެވެ.

މި ބިންތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ނިންމާފައި ވަނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓްގެ އިތުރުން ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.