އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުން އަންނަ އަންގާރަ ދުވަހު ބާއްވާ ގޮތަށް އެ ޕާޓީން ނިންމައިފިއެވެ.

އެ ދުވަހަކީ 20 ވަނަ ރައްޔިތުން މަޖުލީހުގެ މެންބަރުން މަގާމުގެ ހުވާ ކުރުމަށް ހަމަޖެހިފައިވާ ދުވަހެވެ.

Ad
rt

އެމްޑީޕީން ބުނީ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ އިންތިހާބުގައި ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރާއި ދެ ނައިބު ލީޑަރުންނާއި ސެކްރެޓަރީ ޖެނެރަލާއި ސެކްރެޓަރީ ޖެނެރަލްގެ ނާއިބު، ޗީފް ވިޕް އަދި ވިޕްގެ މަޤާމަށް ދެ ބޭފުޅުން އިންތިހާބުކުރުން އޮންނާނެ ކަމަށެވެ.

އެމްޑީޕީން ވަނީ މި މަގާމްތަކަށް ވާދަކުރަން ބޭނުންވާ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުން މެއި 27 ވާ ހޯމަ ދުވަހުގެ 2:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުމަށް އެދިފައެވެ.

މިމަހުގެ 28 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރާއިރު، 93 މެމްބަރުން ހިމެނޭ މަޖިލީހަށް އެމްޑީޕީގެ ފަރާތުން އިންތިހާބުވެފައި ވަނީ 12 މެމްބަރުންނެވެ.