ފުރަތަމަ ޖަލުގެ ވެރިން އިސްލާޙުވާންވީ، އެއަށްފަހު ގައިދީން އިސްލާޙް ކުރެވޭނީ އެއިރުންކަމަށް ޖަލުން މިނިވަންވެވަޑައިގެންނެވި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.

ކަރެކްޝަންއިން މިއަދު ނެރުން ނޫސްބަޔާންއަށް ރައްދު ދެއްވާ މުހުތާޒް މުހުސިން ވިދާޅުވެފައިވަނީ ގައިދީއްނަކީ ލަފާ ބައެއް ނޫންކަމަށާއި ޖަލަށް ލެވެނީ އެހެންވީމަ ކަމަށެވެ.

Ad
rt

ހަރުކަށިކަން ނުދަށްކަވާ ޒިއްމާ އަދާ ކުރައްވާ، މި ރިޕޯރޓު ތަންފީޒު ކޮށްދެއްވުން ކީއްތޯ؟ ކަންކަން ހަމަމަގަށް އެޅުވުމަށް ހިކުމަތްތެރިވުން ބުއްދިވެރި. ފުރަތަމަ ޖަލުގެ ވެރިން އިސްލާހުވާންވީ. އެއަށް ފަހު ގައިދީން އިސްލާހު ކުރެވޭނީ.

ދިވެހި ރާއްޖޭގެ ޖަލުތަކުގެ އޯޑިޓް ރިޕޯޓް2019 ފޮޓޯތަކެއް ހިމަނުއްވާ މުހުތާޒް މުހުސިން ބުނެފައިވެއެވެ.

މިޓުވީޓުގެ ފަހުން ކުރެއްވި ޓުވީޓެއްގައި ޖަލުގެ ވެރިޔާގެ މައްސަލަ އެޗްއާރ އެމްސީ އަދި ރައްޔިތުންގެ މަޖިލިސްއިން ބެލުމަށްވެސް ގޮވާލާފައިވެއެވެ. އެގޮތުން "މާފުށީ ޖަލުގެ ޔުނިޓު 2 ގައި ބަންދުގައި ތިބި 2 މީހަކު ގޮޅިން ނެރި ޓޮޗާ ކުރައްވާ ތަން ސީޕީ މުނާޒް ބައްލަވާލައްވަނީކަމަށް ސުންބާ ގޮންގް ކުރެއްވި ޓުވީޓެއް ރިޓުވީޓު ކުރައްވާ މުހްތާޒް ބުނެފައިވަނީ

މުނާޒް މިއަދު ތިޔަ ހެއްދެވީ ވަރަށް ބޮޑު ގޯހެއް. މިކަން ހިންގައިދިޔަ ގޮތް ބެއްލެވުމަށް އެޗްއާރސީއެމް އާއި ރައްޔިތުންގެ މަޖިލިސް އަށް ގޮވާލަން. މިކަންކަން ހަމައިން ނެއްޓުމުގެ ކުރިން ހޯމް މިނިސްޓްރީއިންވެސް އަވަސް ފިޔަވަޅު ތަކެއް އެޅުއްވުން މުހިއްމު. ބަހަނާ ދެއްކެވުން ހުއްޓަވާލަށްވާ.

މުހުތާޒް މުހުސިން ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ.

ޖަލުތަކުގައި ލާއިންސާނީ އަމަލު ހިންގާ ގޯސް ހެދި ގިނަ އޮފިސަރުންނަށް މި ސަރުކާރުން ޕްރޮމޯޝަން ދީފައިވާ ކަމަށްވެސް މިދިޔަ ހަފްތާގައި މުހުތާޒް ވަނީ ވިދާޅުވެފައެވެ.

"ސީއެންއެމް" ޓީވީގައި ވާހަކަ ދައްކަވަމުން މުހުތާޒް ވިދާޅުވީ ޖަލުތަކުގައި އަނިޔާ ކުރާ މައްސަލަތަކާއި އެތަނުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ނުވަނީ އެތަން ހިންގަން ތިބޭ ފަރާތްތަކުގެ ސަބަބުން ކަމަށެވެ. ޖަލުގައި ގޯސްތައް ހަދާފައިވާ ފަރާތްތަކައް ޕްރޮމޯޝަން ދީފައި ބަހައްޓައިގެން ރަނގަޅެއް ނުކުރެވޭނެ ކަމަށާއި އެތަނުގެ ހާލަތު އިތުރަށް ގޯސްވަމުން ދާނެ ކަމަށް މުހުތާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ގޯހޭ ގޯހޭ ބުނީމަ ފަނޑިޔާރު ކަމަށް އައްޔަން ކުރާ މީހާގެ މައްސަލަ ބަލާތަން. ކީއްވެތޯ މިކަހަލަ ކަންމަމުގައި އެކަން ނުފެންނަނީ، އެ ގޯސް ކަމަށް ވަންޏާ ގޯސްވާ މީހާ ޕްރޮމޯޝަން ދީފަ އެ މަގާމުގައި ބެހެއްޓީމަ އޭނަ އެކަމެއް އިތުރަށް ރަނގަޅެއް ނުކުރާނެ،"

މުހުތާޒް ވިދާޅުވި އެވެ.