ހުޅުމާލޭ ފޭސްގެ ސަހަރާ ކައިރީ ޕާކުކޮށްފައި އޮތް ވެހިކަލެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުހުން ބުނިގޮތުގައި ފޭސް އެކެއްގެ ސަހަރާ ކުރިމަތި މަގުގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގެ ތެރޭގައި މީހަކު ޚަބަރުހުސްވެގެން ވެއްޓިފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

Ad
rt

އެމީހާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެމީހާ ވަނީ ނިޔާވެފައެވެ.

އެކަން ހޮސްޕިޓަލުން ވަނީ ފުލުހުންނަށް ކަށަވަރުކޮށްދީފައެވެ.

މައުލޫމާތު ލިބޭގޮތުގައި އެމީހާ ފެނުނީ އެތާ ޕާކުކޮށްފައި އޮތް ވޭނެއްގެ ތެރޭގައި އޮއްވައެވެ. އަދި އެއީ ބިދޭސީއެއްކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އޭނާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި މީޑިއާއާ ހިއްސާއެއް ނުކުރެ އެވެ.