މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ތިންމީހަކު ހޯދަން ދިވެހި ފުލުހުންގެ އިދާރާއިން އިޢުލާންކޮށްފި އެވެ.
ފުލުހުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ތިންމީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް މިތިން މީހުންނަށް އަންގައި އިއުލާނުކުރާކަމަށެވެ.
މި ތިންމީހުންނަކީ، ޢަލީ ޝަރީފް / ހއ. ތުރާކުނު، އަސުރުމާގެ (25އ) އާއި ޢަލީ ޝަމީމް / ލ. ގަން، މަތިމަރަދޫ، ނަޔާޗާންދު (37އ) އަދި ޢާއިޝަތު ނުހާ / އދ. ކުނބުރުދޫ، މާބަގީޗާގެ (24އ) އެވެ.
މި ތިން މީހުން ހާޒިރުވުމަށް އަންގާފައިވަނީ، ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 މެއި 21 ވަނަ ދުވަހުގެ 11:00 އަށެވެ.
މި މީހުން ހާޒިރުވާން އަންގާފައިވަނީ ތަހުގީގު ކުރަމުންދާ، މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށެވެ.