އަންހެން ހެދުން އަޅައިގެން އުޅުނު މީހާ ބުނީ އެއީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ކަމަށް

Criminal Court

ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން އުޅުނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށް އެ މައްސަލާގައި ހައްޔަރުކުރި މުހައްމަދު ނަބީލް ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ޓިކްޓޮކްގައި ޔާޔާގެ ނަމުގައި އުޅޭ ނަބީލް އަންހެން ހެދުން އަޅައިގެން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް އުޅޭ މައްސަލާގައި އޭނާ އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. މީގެކުރިން ޓިކްޓޮކްގައި ބަރަހަނާވުމުން އޭނާގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ.

ނަބީލްގެ ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވަނީ ޓިކްޓޮކްގައި އެފަދަ ކަންކަން ކުރަނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށް ނަބީލް ކޯޓުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އޭނާއަކީ ކުރިން ވެސް މިފަދަ ކުށެއް ސާބިތުވެފައިވާ މީހަކަށް ވާތީ މުޖްތަމައުގެ ސަލާމަތަށްޓަކައި އޭނާ 15 ދުވަހަށް ބަންދުކުރީ ކަމަށް އެ އަމުރުގައިވެ އެވެ.

ޔާޔާގެ މައްޗަށް ކުރިން އިއްވި އެއް އަހަރުގެ ޖަލު ހުކުމް ތަންފީޒުކޮށް މިހާރު ވަނީ ނިމިފަ އެވެ. އޭނާ މިފަހަރު ހައްޔަރުކުރީ މިނިވަންވެފައި ވަނިކޮށް ޓިކްޓޮކްގައި އަނެއްކާވެސް އަންހެން ހެދުން އަޅައިގެން އުޅެން ފެށުމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި