ދިވެހިންނަށް ސިލޯނަށް ދެވޭނީ ޕާސްޕޯޓާއި ވިސާ އޮވެގެންކަމަށް ހަމަޖެއްސިތާ 60 އަހަރު އިއްޔެއަށް ފުރިއްޖެއެވެ.

ދިވެހިންނަށް ސިލޯނަށް ދެވޭނީ އެމީހެއްގެ އަތުގައި ޕާސްޕޯޓާއި ވިސާ އޮވެގެންކަމަށް ހަމަޖެއްސީ ‏3 ޖަނަވައަރީ 1960 ގައެވެ. އޭރު ދިވެހިން ބޭނުންކުރީ ބްރިޓިޝް ޕާސްޕޯޓެވެ.

Ad
rt

ދިވެހިންނަށް ސިލޯނަށް ދެވޭނީ ޕާސްޕޯޓާއި ވިސާ އޮވެގެންކަމަށް ހަމަޖެއްސުމުން ފުރަތަމަ ދިވެހި ޕާސްޕޯޓް ދޫކޮށްފައި ވަނީ ނ.ތ ޙަސަންދީދީއަށެވެ. އެ ދިވެހި ޕާސްޕޯޓް ނަމްބަރަކީ (އޭ-0001) އެވެ.

ރާއްޖެ މިނިވަންވި ފަހުން، މި ނަންބަރުގެ ޕާސްޕޯޓެއް ދިޔަމިގިލީ ޙަސަން މަނިކަށް ދޫކޮށްފައި ވެއެވެ.

ރާއްޖޭގެ ރޭޑިޔޯ އިން އެންމެ ފުރަތަމަ ތަގުރީރެއް ދުރަށް ފޮނުވި ދުވަހަކީވެސް މީގެ 60 އަހަރު ކުރިން އިއްޔެއެވެ. ގައުމީ ރޫހު އުފެއްދެވުމަށް، 3 ޖަނަވަރީ 1963 ގައި ރާއްޖޭގެ ރޭޑިޔޯ އިން އެންމެ ފުރަތަމަ ދުރަށް ފޮނުވި މި ތަގުރީރު ދެއްވީ އަލް މަރުޙޫމު އިބްރާހީމް ޝިހާބެވެ.