ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ކުރިން ސިފައިންގޭގައި މަސައްކަތް ކުރި ތޮލްހަތު ހަސަން އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.

ސާޖެންޓް އެޓް އާމްސްއަކީ، ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ މަގާމާ ޖެހިގެން ދެ ވަނައަށް އެންމެ އިސްވެރިޔާއެވެ.

Ad
rt

އެ މަގާމަށް ތޮލްހަތު އައްޔަން ކުރަން ފާސްވީ މަޖިލިހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ. ތޮލްހަތު އެމްއެންޑީއެފުން ރިޓަޔާ ކުރެއްވުމުގެ ކުރިން ހުންނެވީ މޭޖާގެ ރޭންކުގައެވެ.

ތޮލްހަތު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސްޓެލްކޯގެ ބޯޑުގައި ވެސް ހިމެނިވަޑައިގެންފައެވެ.

މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމުގައި މީގެކުރިން ހުންނެވީ މުހައްމަދު ހަލީމެވެ. އެކަމަކު މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އޮފީސްގައި ދައްކާ ވަހަކަތައް ސިއްރުން އަޑުއެހޭނެ ގޮތް ހެދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.