އެޗްވައިއެމް ފުޓްސަލް ޗެލެންޖުގެ ފައިނަލްގައި މިރޭ ބްލެކް ފްލޭޝް އާއި ބުލް ޝާކްސް

Screenshot 2024-03-21 191508

ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ "އެޗްވައިއެމް ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445" ގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިއްޖެއެވެ.

ހުޅުމާލެ ރެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގައި ކުޅޭ ފައިނަލް މެޗުގައި ބައްދަލު ކުރާނީ ބްލެކް ފްލޭޝް އާއި ބުލް ޝާކްސްއެވެ.

ބުލް ޝާކްސްއަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. ބްލެކް ފްލޭޝް މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލްގައި 5-2 އިން އެޗްވައިއެމް ވެޓަރަންސް ބަލިކޮށްގެންނެވެ. ބުލް ޝާކްސް މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލްގައި ޓީމް އެފްއެފް ޕެނަލްޓީގައި ބަލިކޮށްގެންނެވެ. ދެ ޓީމު ބައްދަލު ކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި ބުލް ޝާކްސް މޮޅުވީ 4-2 އިންނެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބްލެކް ފްލޭޝް އާއި ބުލް ޝާކްސް ގްރޫޕް ސްޓޭޖްގައި ވެސް ބައްދަލު ކުރިއެވެ. އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ބުލް ޝާކްސްއެވެ.

މުބާރާތުގެ ފައިނަލް މެޗު ފަށާނީ މިރޭ 22:30 ގައެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުނު މުބާރާތުގައި ޖުމްލަ އަށް ޓީމް ބައިވެރިވެފައިވެއެވެ. އެއީ ޓީމް އެފްއެފް އާއި ބްލެކް ފްލޭޝް އާއި ބުލް ޝާކްސް އާއި ވެޓަރަންސްގެ އިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި އެޗްވައިއެމް ޓީމް ވުލްފާއި އެޗްވައިއެމް ފެނޮމިނަލްސްއެވެ.

ހުޅުމާލެ ޔޫތު މޫވްމަންޓުން 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ފުޓްސަލް މުބާރާތް ބާއްވަމުން އަންނަ އިރު، މުބާރާތް ބޭއްވުމުގެ މަގްސަދުގެ ތެރޭގައި ޖަމިއްޔާގައި ހިމެނޭ މެމްބަރުންނާއި ހުޅުމާލޭގައި ހުންނަ މުއައްސަސާތަކުގެ ގުޅުން ބަދަހި ކުރުމެވެ.

މިފަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން ފެއާ ޕްލޭ ޓީމް، ފެއާ ޕްލޭ ކުޅުންތެރިޔާ، ކޮންމެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ މޮޅު ފަސް ކުޅުންތެރިން، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ، އެންމެ މޮޅު ކީޕަރު، އެންމެ މޮޅު ކޯޗު، ހޮވާނެއެވެ.

އެޗްވައިއެމް ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ތިލަދުން"އެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *