ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް އިއްތިހާދު)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޓިކެޓް 13 ބޭފުޅަކަށް ކަށަވަރުވެއްޖެއެވެ.

އެ އިއްތިހާދުން މިއަދު ވަނީ އެ އިއްތިހާދުގެ މަޖިލިސް ޕްރައިމަރީއަށް ހުޅުވައިލުމުން ކުރިމަތިލި މެންބަރުންކުރެ ޓިކެޓް ކަށަވަރުވި 13 މެންބަރުންގެ ނަން މިއަދު ޢާންމުކޮށްފައެވެ.

Ad
rt

އެ މެންބަރުންނަށް ޓިކެޓް ކަށަވަރުވީ، އެ ދާއިރާތަކަށް އެ ދާއިރާތަކަށް އިތުރު މެމްބަރުން ވާދަކޮށްފައިނުވާތީއާއި، ބައެއް މެމްބަރުން ނަން އަނބުރައި ގެންދިއުންކަމަށް ޕްރޮގްރެސިވް އިއްތިހާދުން ވަނީ ބުނެފައެވެ.

ޕްރޮގްރެސިވް އިއްތިހާދުގެ ޓިކެޓް ކަށަވަރުވި މެންބަރުން:

  • ހޯރަފުށީ ދާއިރާ: އަލީ މޫސާ
  • ބާރަށު ދާއިރާ: އިބްރާހީމް ޝުޖާއު (ޕީއެންސީގެ ނައިބު ރައީސް/ހުޅުމާލޭ ދާއިރާގެ ކައުންސިލަރު)
  • ހަނިމާދޫ ދާއިރާ: އިދުރީސް އަބްދުﷲ
  • އޭދަފުށީ ދާއިރާ: އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް، މިހާރުގެ ވެސް އެ ދާއިރާގެ މެންބަރު)
  • މަހިބަދޫ ދާއިރާ: އަހްމަދު ޠާރިގު (ޓޮމް، މިހާރުގެ ވެސް އެ ދާއިރާގެ މެންބަރު)
  • ނިލަންދޫ ދާއިރާ: ފާތިމަތު ސައުދާ
  • ތިމަރަފުށީ ދާއިރާ: އިބްރާހިމް ސަނާހް
  • ފޮނަދޫ ދާއިރާ: އަބްދުއްރަހީމް އަަބްދުﷲ (ޕީއެންސީގެ ޗެއާޕާސަން، ރައީސްގެ ޚާއްޞަ މުޝީރު)
  • ހިތަދޫ މެދު ދާއިރާ: އަހްމަދު އަޒާން މަރްޒޫގް
  • ހުޅުދޫ ދާއިރާ: އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު)
  • ގަލޮޅު ދެކުނު ދާއިރާ: އިބްރާހިމް މުޙައްމަދު
  • ހެންވޭރު ހުޅަނގު ދާއިރާ: އަލީ އިބްރާހިމް
  • ހުޅުމާލެ މެދު ދާއިރާ: އަބްދުﷲ ޝަޒީމް

ޕްރޮގްރެސިވް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޓިކެޓް އެ އިއްތިހާދުގެ 13 މެންބަރަކަށް ކަށަވަރުވިއިރު، އެ އިއްތިހާދުގެ ޕްރައިމަރީ ބާއްވަން ޖެހޭ ދާއިރާތަކުގެ ޕްރައިމަރީ ބާއްވަން ނިންމާފަހު ވަނީ މި ހިނގާ ޖެނުއަރީ 27 ގައެވެ.

މި އަހަރު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ އަންނަ މާރިޗް މަހުގެ 17 ވަނަ ދުވަހެވެ.