ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫގައި ހެލްތް ޑޭ ފެސިލިޓީއެއް ގާއިމުކޮށްދޭ ފަރާތަކަށް އެ ރަށު ޓޫރިޒަމް ޒޯނުން ކުއްޔަށް ދޫކުރާ ބިމަށް އެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފިއްލަދޫ ކައުންސިލުން ބުނީ އެ ކައުންސިލުން ތަރައްޤީކުރާ 2000 (ދެހާސް) އެނދުގެ ޓުއަރިސްޓް ވިލެޖައް އަމާޒުކޮށް ކައުންސިލުން ދައްކާ ބިމެއްގައި، "ހެލްތް ޑޭ ފެސިލިޓީއެއް" ތަރައްޤީކޮށް ކައުންސިލާއި ހަވާލުކުރާނެ ފަރާތަކަށް 50 ހާހާއި 40 ހާހާއި ދެމެދު އަކަފޫޓުގެ ބިމެއް، އަކަފޫޓަކަށް މަދުވެގެން މަހަކު 50 ލާރީގެ ރޭޓުން 50އަހަރަށް، ގެސްޓް ހައުސް/ ހޮޓާ އެޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު އެ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުގެ 13:00 ގައި ފިއްލަދޫ ކައުންސިލް އިދާރާގައެވެ.
މިކަމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޕާޓްނަރޝިފްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!