އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން، ސިޓީ ވަޤުފާއި އަތޮޅު ވަޤުފް އިފްތިތާޙްކޮށްފިއެވެ.

މިއީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ވަޤުފް މަޝްރޫޢުތައް މުޅި ރާއްޖޭގައި ހިންގުމުގެ މަސައްކަތުގެ ތެރެއިން ހިމެނޭ ކަމެކެވެ.

Ad
rt

ސިޓީ ވަޤުފާއި އަތޮޅު ވަޤުފް އިފްތިތާޙުކުރުމަށް މިއަދު އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އެވެ.

މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ އަދި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ވެސް ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި މި މަޝްރޫޢު ހިންގާނެ ގޮތުގެ ތަފްސީލް ވެސް ހިއްސާ ކޮށްފައިވާއިރު، މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވިވާހަކާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ދަށުން ކުރެވޭ ކަންކަން ހަގީގަތަކަށް ހެދުމަށްޓަކައި، އެހެން ވުޒާރާތަކާއި ގުޅިގެން އަބަދު ވެސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ދެއްކެވި ވާހަކާގައި މިފަދަ ކަންކަން ކުރައްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތައް ފާހަގަކުރައްވާ އެމަނިކުފާނަށް ތަޢުރީފް ކުރައްވައިފަވެއެވެ.