ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙްގެ މައްޗަށް ރާއްޖޭގައި ވެސް ކަށުނަމާދުކުރަން ނިންމާފައިވާއިރު، އެ ނަމާދު އޮންނާނީ މިރޭ އިސްލާމީ މަރުކަޒުގައި ކަމަށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.

އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވީ އިއްޔެ އެވެ.

Ad
rt

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައި ވަނީ ކުވޭތުގެ އަމީރަކީ ރާއްޖެއާ ނުހަނު ގާތް އަޚުވަންތަ ގުޅުމެއް ބޭއްވެވި ބޭފުޅެއް ކަމަށެވެ. އަމީރު އަވަހާރަވުމާއި ގުޅިގެން އެމަނިކުފާނު މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މި ރޭ އިޝާ ނަމާދުގެ ފަހުން އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް އެ ވުޒާރާއިން ބުނެފަވެއެވެ.

އެ ވުޒާރާއިން ވަނީ މި ނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިފައެވެ.

ކުވޭތުގެ އަމީރު އަވަހާރަވުމުގެ ހިތާމާގައި ރައީސް ޑރ. މުއްމަދު މުޢިއްޒު ވަނީ މިއަދުން ފެށިގެން ތިން ދުވަހަށް ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވާފައެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ވަލީއަޙުދު އައްޝައިޚް މިޝްޢަލް އަލްއަޙްމަދު އަލްޖަބާރުއަށް ތަޢުޒިޔާގެ މެސެޖެއް ވެސް ފޮނުއްވާފައެވެ.

މި މެސެޖުގައި ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙްއަކީ ދުރުވިސްނުން ގެންގުޅުއްވި، ސާބިތުކަމާއެކު އެޤައުމާއި ރައްޔިތުންގެ ޙައްޤުގައި ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވި އޯގާތެރި ޚިދުމަތްތެރި ލީޑަރެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ.