ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ މިފަހަރު ދޭ ރަށްރަށުގެ ތެރޭގައި ކުމުންދޫ، ކުރިނބީ އަދި ހޯރަފުށި ހިމެނިއްޖެއެވެ.

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކުރި އަހަރެންގެ ބޭންކް ކޮމިއުނިއުޓީ ފަންޑުގެ ހަތަރުވަނަ ކުއާޓަރުގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޖެކްޓް ހޮވާ މިއަދުވަނީ އިޢުލާންކޮށްފައެވެ.

Ad
d

ހަތަރުވަނަ ކުއާޓަރުގައި ހޮވުނު ފަސް ޕްރޮޖެކްޓު

  • ހއ. ހޯރަފުށީގައި ކުޑަކުދިންގެ ޕާކެއް ހެދުން: ހޯރަފުށި ޔޫތް ޑިވަލޮޕްމަންޓް ސޮސައިޓީ
  • ހދ. ކުމުންދޫގައި ސޯލާ ލައިޓް ހަރުކުރުން : އަމީން މުހައްމަދު
  • ހދ. ކުރިނބީގައި އައުޓްޑޯ ފިޓްނަސް ޕާކެއް ހެދުން: އާދަމް ޝަޒީމް
  • ތ. ގުރައިދޫގައި ޕްލާސްޓިކް ރިސައިކްލިން ޕޮއިންޓެއް ގާއިމްކުރުން: ގްލޯބަލް ސިޓިޒަން ސޮސައިޓީ
  • ތ ވިލުފުށީގައި އައުޓްޑޯ ޖިމް އެއް ހެދުން: ވަސަނަ ޖަމިއްޔާ

މިއަހަރުގެ ފަހު ކުއާޓަރުގެ ހޮވުނު ފަސް ޕްރޮޖެކްޓާއެކު، މިއަހަރުތެރޭ ބީއެމްއެލްގެ ކޮމިއުނިޓި ފަންޑުގެ ދަށުން ވަނީ ޖުމްލަ 20 ރަށެއްގައި މުޖުތަމައަށް ނުހަނު ބޮޑަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

Ad
df

'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' އިފްތިތާހްކޮށްފައިވަނީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭންކުން ކުރިއަށްގެންދާ ޕްރޮގްރާމް ދަށުންނެވެ.