ހއ. މުރައިދޫގެ ބައެއް އަންހެން ދަނޑުވެރިންނަށް އެރަށު ކައުންސިލުން ގަސްކާނާ ހަދިޔާކޮށްފިއެވެ.

މުރައިދޫ ކައުންސިލުގެ ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭންގައި “އިޤްތިޞާދީގޮތުން އަންހެނުން ބާރުވެރިކުރުން” ހިމަނާފައިވާއިރު، މިކަމަކީ އެ މަގްސަދު ހާސިލްކުރުމަށް މުރައިދޫ ކައުންސިލުން ފެށި މަސައްކަތެކެވެ.

Ad
rt

މުރައިދޫ ކައުންސިލުން ބުނިގޮތުގައި އެކައުންސިލްގެ ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭންގައިވާ އަންހެނުން ބާރުވެރިކުރުމުގެ ލަނޑުދަނޑު ހާސިލު ކުރުމަށް އެ ރަށުގައި ދަނޑުވެރިކަން ކުރަމުންގެންދާ ފަސް އަންހެން ދަނޑުވެރިންނަށް ވަނީ ދަނޑުވެރިކަމަށް ބޭނުންކުރާ ގަސްކާނާ ހަދިޔާކޮށްފައެވެ.

މި ޕްލޭން ހާސިލް ކުރުމަށް އެ ކައުންސިލުން މަސައްކަތްތަކެއް ކުރަމުން އަންނައިރު، މުރައިދޫ ކައުންސިލުން އެރަށާއިމެދު އެކަށަައަޅާފައިވާ ތަސައްވުރަކީ އެ ރަށަކީ ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގައި ސިއްޙީ ޚިދުމަތާއި ތަޢުލީމު ރަށުގައި ތިބެގެން ލިބޭނެ ރަށަކަށް ހެދުމާއި، ދީނީ ގޮތުން ހޭލުންތެރިވެފައިވާ، އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅޭ، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ، ކުށްކުރުން މަދު އަޙުލާޤު ރަނގަޅު ޒުވާނުންތަކެއް ދިރިއުޅޭ ރަށަކަށް ހެދުމެވެ.

މީގެ އިތުރުން އެ ރަށަކީ ޢުމްރާނީ ގޮތުންނާއި އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ރަށަކަށް ހެދުމަކީ ވެސް މުރައިދޫ ކައުންސިލްގެ ތަސައްވުރެކެވެ.

އެ ކައުންސިލްގެ އަމާޒަކީ ތަޢުލީމީ ޤާބިލް ޒުވާނުންތަކެއް އުފެދިފައިވާ، ޒުވާނުންނަށް ރަށުގައި ތިބެގެން ވަޒީފާގެ ފުރުޞަތު ތަނަވަސްވެފައިވާ، އަސާސީ އަދި އުމްރާނީ ޚިދުމަތްތައް ފުރިހަމަވެފައިވާ ދުޅަހެޔޮ ސިއްޙަތެއްގައި ތިބި ރައްޔިތުންތަކެއް ތިބި ރަށަކަށް އެރަށް ހެދުމެވެ.