އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް އިން 3 އުފެއްދުމެއް ބާޒާރަށް ނެރެފި އެވެ.

އިއްޔެ ހަވީރު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯންޗުކުރި ތިން އުފެއްދުމަކީ، އިމާރާތްކުރުމުގެ ދާއިރާ އަށް ބޭނުންވާ ތިން އުފެއްދުމެވެ. އެއީ ރެނާކޮން އޮޓޮކްލޭވް ކޮންކްރީޓް ބްލޮކް، ރެނާބޮންޑް ޖޮއިނިން މޯޓަރު އަދި ރެނާޕްލާސްޓް ރެޑީމިކްސް ޕްލާސްޓާ އެވެ.

Ad
d

މި ޕްރޮޑަކްޓްތައް ލޯންޗްކޮށްދެއްވީ، އެސްޓީއޯގެ ބޯޑް ޑިރެކްޓަރު އިސްމާއިލް ޖުމައިލް ރަޝީދު އަދި ރެނެކޯންގެ ޗެއާމަން ސެލްވަ ސުންދަރަމް އެވެ.

އިއްޔެ ތައާރަފްކުރެވުުނު ތިން އުފެއްދުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެސްޓީއޯގެ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ޖެނެރަލް މެނޭޖަރު އަބުދުލް ވާހިދު ވިދާޅުވީ މި ތައާރަފްކުރެވުނު ޕްރޮޑަކްޓްތަކަކީ މިވަގުތު ބާޒާރުގައި އިމާރާތް ކުރުމުގެ ދާއިރާއިން ލިބޭނެ އެންމެ ފެންވަރު ރަނގަޅު އުފެއްދުންތައް ކަމަށެވެ.

"މި ސޮލިއުޝަންތައް ބޭނުންކުރުމުން މަސައްކަތުގެ ސްޕީޑް އަވަސްވެ، މިހާރު މަސައްކަތް ކުރާ މެތަޑް ބަދަލުވެ އޭގެން ވަރަށް ރަނގަޅު ސޭވިންތަކެއް ލިބޭނެ ކަމުގެ ޔަގީންކަން ދެން،"

ވާހިދު ވިދާޅުވި އެވެ.

ރެނާކޮން އޮޓޮކްލޭވް ކޮންކްރީޓް ބްލޮކަކީ، ގޮނޑުދޮށުންނާއި ފަޅުތަކުން ވެލި ނަގައިގެން ރާއްޖޭގައި އާއްމުގޮތެއްގައި އުފައްދާ ގާ ނުވަތަ ސޮލިޑް ބްލޮކްތަކާއި ހިލާފަށް، ރިސައިކަލް ކޮށްފައިވާ ތަކެތިން އުފައްދާފައިވާ ތިމާވެއްޓާ ރައްޓެހި އުފެއްދުމެކެވެ. މި އުފެއްދުމަކީ އިމާރާތުގެ ސްޓްރަކްޗަރަށް ކުރާ ހަރަދު ކުޑަކޮށްދީ، މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށް އެހީތެރިވެދޭނެ ޕްރޮޑަކްޓެކެވެ.

ތާމަލް އިންސިއުލޭޝަން ހިމެނޭ، ދެ ފޫޓު ދިގުމިނުގެ މި ގާ ބޭނުންކޮށްގެން ހަދާ އިމާރާތްތަކުގެ ކަރަންޓަށް ކުރާ ހޭދަ 20 އިންސައްތަ އަށް ކުޑަކޮށްދޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މި ގާ ބޭނުންކޮށްގެން ރޭނުމަށްޓަކައި ބޭނުންކުރާ "ރެނާބޮންޑް ޖޮއިނިން މޯޓަރަކީ ސިމެންތި އާއި ވެލި އެއްކޮށްގެން އުފައްދާ މޯޓަރުތަކާއި ހިލާފަށް، ބޭނުންވާ މިންވަރަށް ފެން އެޅުމަށް ފަހު ، ވަގުތުން ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓެކެވެ.

ރެނާޕްލާސްޓް ރެޑީމިކްސް އަކީ ހިމުންވެލި ލިބުމަށް ދަތިވެފައި ވާތީ، އެ ކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އެސްޓީއޯ އިން ތައާރަފްކުރި ޕްރޮޑަކްޓެކެވެ. މިޕްރޮޑަކްޓް ބޭނުން ކުރުމުން، ހަރަދު ކުޑަ ގޮތަކަށް ޕްލާސްޓަރިންގެ މަސައްކަތް ނިންމާވެލޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

Ad
df

ރެނާޓާސް އިން ބުނީ މިއަދު މި ތައާރަފްކުރެވުނު ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ރާއްޖޭގައި އިމާރާތްތައް ހަދާފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ހަދާފައިވާ އިތާމުތް ކޮމްޕްލެކްސް އަދި އައިޖީއެމްއެޗްގެ އާ އިމާރާތް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.