އެކްސެލެންސް އިން ޔޫޓިލިޓީ އެވޯޑް، ފެނަކަ ކޯޕަރޭޝަން ލިމިޑެޑް ކާމިޔާބު ކޮށްފިއެވެ.
މިއެވޯރޑް ފެނަކައިން ކާމިޔާބު ކޮށްފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2019 ގައެވެ.
މާކެޓިންް، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ ބްލޭޒަން އިންކޯޕަރޭޓަޑްއިން ބޭއްވި މިއެވޯޑް ހަފްލާގައި، މިއަހަރު ފަސް ދާއިރާއަކުން ޖުމްލަ 29 ކެޓަގަރީއަކުން އެކި ފަރާތްތަކަށް ވަނީ އެވޯޑް ދީފަ އެވެ.
އަހަރެއްގެ މުއްދަތުގައި ވިޔަފާރިތަކުން ހޯދާ ކުރިއެރުންތައް ފާހަގަ ކުރުމުގެ ގޮތުން ދޭ ބިޒްނަސް އެވޯޑްސްގެ އެންމެ ފުރަތަމަ ހަފްލާ ބޭއްވީ މިދިޔަ އަހަރުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!