މަދަނީ އަބްދުﷲ މެލޭޝިއާ އިން ޑީޕޯޓު ކޮށްލައިފިކަމުގެ އަޑުތަކެއް

Madhanee Abdulla

އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) މެލޭޝިއާ އިން ޑީޕޯޓު ކޮށްލައިފިކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެގައުމަށް އިއްޔެ ވަޑައިގަތުމުން، އެއާޕޯޓުގައި ހިފަހައްޓައި، އޭނާ ވަނީ ޑިޕޯޓުކޮށްލާފައެވެ. އަދި އޭނާ އެ ގައުމަށް އެތެރެވިޔަ ނުދީ ޑީޕޯޓުކޮށްލީ އޭނާގެ ނަމުގައި "އެންޓީއެލް" (ނޮޓް ޓު ލޭންޑް) އެއް އޮތުމުން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އެހެންނަމަވެސް އޭނާގެ މައްޗަށް އެ އެންޓީއެލް އޮތް ސީދާ ސަބަބެއް ނޭނގެއެވެ.

މެލޭޝިއާ އިމިގްރޭޝަނުން އާންމުކޮށް އެންޓީއެލް ކަނޑައަޅަނީ އެކަށީގެންވާ ސަބަބެއް ނެތި، ޓޫރިސްޓު ވިސާގައި މާ ގިނައިން އެ ގައުމަށް އެތެރެވާތީ، ވަޒީފާ ހޯދައިގެން ވަޒަންވެރިވެދާނެ ކަމަށް ބެލެވިގެންނެވެ.

އެންމެ އަވަހަށް ހަމަޖެހޭ ފްލައިޓަކުން އޭނާ އަނބުރާ ރާއްޖެ އަށް ފޮނުވާލުމަށް ނިންމާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅިގެން ދިވެހި ހާރިޖިއްޔާ އިން ވިދާޅުވީ މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން އެ ކަމުގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މަދަނީ އަބުދުﷲ އަކީ އަލަށް ވެރިކަމާ ހަވާލުވާ ސަރުކާރު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ. އޭނާ އަކީ ޕީޕީއެމް/ޕީއެންސީ އާއި ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމް ޕްރޮމޯޓްކުރާ ޗެނަލް13 އިން ގެނެސްދޭ މަޝްހޫރު ސިޔާސީ ޕްރޮގްރާމް ''މަޑިސީލަ'' ހުށަހަޅައިދޭ އެއް ޕްރެޒެންޓާ ވެސް މެއެވެ.

އޭނާ ވަނީ 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސްގެ އިން އިންތިޚާބުގައި އަދާލަތު ޕާޓީގެ ޓިކެޓްގައި ނޮޅިވަރަމް ދާއިރާ އަށް ވާދަކުރެއްވި ބޭފުޅެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *