ހއ. އިހަވަންދޫ ކައިރީގައި ލޯންޗަކާއި ދޯންޏެއް އެކްސިޑެންވެ، ހާލު ސީރިއަސްވީ މީހާ ނިޔާވެއްޖެއެވެ.

މިކަން ވަނީ އިހަވަންދޫ އައިމިނާދިޔޮ ސިއްހީ މަރުކަޒުން ''ތިލަދުން'' އަށް ކަށަވަރުކޮށް ދެއްވާފައެވެ. އެ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ، އެމީހާ ނިޔާވީ އެތަނަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

Ad
rt

މިރޭ ހިނގި މި ހާދިސާގައި ނިޔާވެފައި ވަނީ އިހަވަންދޫ އަށް ނިސްބަތްވާ މީހެކެވެ. އެއީ އިހަވަންދޫ، ނަޔާޑޭޒީ، އަބުދުއްރަޝީދު މުހައްމަދު ކަމަށް މައުލޫމާތު ލިބިފަވެއެވެ.

މިހާދިސާގައި މުޑިއަރާފައި ވަނީ އިހަވަންދޫ ދޯންޏަކާއި ހދ. ނެއްލައިދޫ ލޯންޗެކެވެ.

އިހަވަންދޫ ކައިރީގައި ލޯންޗަކާއި ދޯންޏެއް އެކްސިޑެންވެ، އަނިޔާވި މީހަކު ސީރިއަސް ހާލުގައި

އިހަވަންދޫ މަސްވެރިންގެ ފޭސްބުކް ޕޭޖުގައި މިހާދިސާއާއި ގުޅިގެން ލިޔެފައިވާގޮތުގައި މިރޭ އިރާކޮޅު ކަނޑުމަތީ ހިގައިދިޔަ ނުރައްކާތެރި އެކުސިޑެންޓްގައި އެމީހާ ވަނީ މޫދަށް ވެއްޓި ފައެވެ. އަދި އެކްސިޑެންޓްގައި ނިޔާވި މީހާ ފެނުނީ ހޯދަމުން ދަނިކޮށް ކަމަށްވެސް ލިޔެފަވެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި އެކްސިޑެންޓު ހިނގާފައިވަނީ އިހަވަންދޫ ކައިރީ އޮންނަ ހުވަހަންދޫ ކައިރީގައި ކަމަށެވެ.