ހއ. އިހަވަންދޫ ކައިރީގައި ލޯންޗަކާއި ދޯންޏެއް އެކްސިޑެންވެ، 3 މީހަކަށް އަނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި އެކްސިޑެންޓު ހިނގާފައިވަނީ އިހަވަންދޫ ކައިރީ އޮންނަ ހުވަހަންދޫ ކައިރީގައި ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުނީ މިރޭ ކަމަށާއި މި ހާދިސާގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ. އަދި އެ ތިން މީހުންނަށް އިހަވަންދޫ ހެލްތު ސެންޓަރުގައި ފަރުވާދެމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އެތަނުން އެކަކުގެ ހާކު ސީރިއަސް ކަމަށް އިހަވަންދޫ ހެލްތު ސެންޓަރުން މައުލޫމާތު ދެއްވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!