ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއި ކުރެއްވި ޚަބަރު ދޮގުކޮށްފިއެވެ.
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވުމަށް ފަހު ދަ ޑިމޮކްރެޓްސް އާ ގުޅިވަޑައިގެންފައިވާ މުހައްމަދު ޝިފާޒު ކުރައްވާފައިވާ ޓްވީޓެއްގައި ގަޕޯ ފޯމެއްގައި ސޮއިކުރައްވާ މަންޒަރު ފެންނަ ފޮޓޯއެއް ހިމަނުއްވައި ވިދާޅުވެފައި ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ އިރު، އެމްޑީޕީއާ އެކު ކިތައް މެންބަރުން ތިއްބަވާނެ ތޯ ސުވާލު ކުރައްވާފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ފޮޓޯއާއި ގުޅިގެން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ މެމްބަރު ޣަފޫރު އެމްޑީޕީ ދޫކުރައްވައިފި ކަމަށް ބުނެ ޓްވިޓާ ގައި ދައުރުވަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.
އެކަން މެންބަރު ޣަފޫރުގެ ފަރާތުން ވެސް ‘’ތިލަދުން’’ އަށް ޔަޤީންކޮށް ދެއްވިއެވެ. އަދި އޭނާ ހުންނެވީ އެމްޑީޕީގައި ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!