ހއ. ދިއްދޫގައި ބާއްވާ ޖަނާޒާ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި ކޯހަކީ ދިއްދޫ އަންހެނުންގެ ތަަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެރަށުގައި ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަ ކޯހެކެވެ.
މި ކޯހާއި ގުޅިގެން އެ ކޮމިޓީން މިއަދު ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ހުޅުވައިލި ފުރުސަތަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާ ކަމަށެވެ.
އެހެންކަމުން މި ކޯހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ވިދާޅުވެއެވެ.
ދިއްދޫ އަންހެނުންގެ ތަަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އޮކްޓޯބަރު މަހުގެ 15 ވާ އާދީއްތަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް މުއްދަތު ދަންމާލާފައެވެ.
މިއީ ދެ ޖިންސުގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭގޮތަށް ހުޅުވައިލާފައިވާ ކޯހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!