ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައި ވަނީ ސިޔާސީ ހުކުމެއްނޫން ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ އިން ގެނެސްދިން ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޔާމީންގެ މައްޗަށް އައި ހުކުމަކީ ސިޔާސީ އެއްވެސް ކަމަކާ ގުޅިގެން އައި ހުކުމެއް ނޫން ކަމަށާއި އެއީ ކޮރަޕްޝަންގެ މައްސަލައެއް ގައި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުން ކޯޓުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

Ad
rt

ރައީސް ވިދާޅުވީ ކޯޓުތައް ކުރިއަށްވުރެ މިނިވަން ވެފައިވާ ކަމަށާއި އެކަމަކު އަދިވެސް އިސްލާހުކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"ވަޒީރުން ގޭގަ ނިދާފައި އޮއްވާ ޖަަލަށްލި. އުއްތަމަ ފަނޑިޔާރު ހިފާ ހައްޔަރުކުރި. ޕޮލިސް ކޮމިޝަނަރުން ގެންގޮސް ޖަލަށްލި. ޕްރޮސެކިއުޓާ ޖެނެރަލް ބަންދުކުރި. މިހެން ގޮސް ރައްޔިތުން މަޖިލީހުގެ އެތައް މެންބަރުންނެއް ހިފާ ހައްޔަރުކުރީ" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކިރިޔާ ވެސް ވާދަކޮށްލާނެހެން ހީވާ ސިޔާސީ ލީޑަރެއް ވިއްޔާ އޮތީ ޖަލަށްލާފައި ކަމަށް ވެސް ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްަވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށު މައްސަލައިގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑްރިންގެ މައްސަލައިގައެވެ.

މި ހުކުމުގެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުުންތައް މިހާރު ދަނީ ކުރިއަށެވެ.