އިއްޔެ ހަވީރު ކުޅުދުއްފުށިން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ ފާޅު ބޯޓުގައި ހުރި ކުޅުދުއްފުށީ މީހަކަށް، ސްޓްރޯކެއް ޖެހުމުގެ ސަބަބުން، ނ.ހޮޅުދޫ އަށް ބާލައި، އެރަށު ޞިއްހީ މަރުކަޒުގައި ފަރުވާދެމުން ދިޔަ ކުޅުދުއްފުށި، ރީގަލް، ޔޫސުފް (55 އަހަރު) ނިޔާވެއްޖެ އެވެ.
ޔޫސުފް ނިޔާވެފައިވަނީ ސްޓްރޯކެއް ޖެހިގެން ރޭ ހޮޅުދޫ ޞިއްޙީ މަރުކަޒުގައި ފަރުވާ ދެމުން ގޮސް ރޭ ދަންވަރު ސީއެންބިއުލާސްގައި މާލެ ގެނަައުމަށް ދަތުރު ކުރަމުން ދަނިކޮން ކަމަށް ހޮޅުދޫގައި ހުރި މީހަކު މަޢުލޫމާތު ދީފައިވެއެވެ.
މިކަމާއި ގުޅިގެން ޔޫސުފްއަށް އެހީތެރިވުމަށް ހޮޅުދޫއަށް ފޭބި މީހާ ”ތިލަދުން“ އަށް މަޢުލޫމާތު ދެމުންބުނީ މިހާރު ޔޫސުފް ގެ ހަށިގަނޑު ކުޅުދޫފުއްޓަށް ގެންގޮސްފައި ވާކަމަށާއި މިހާރު ހިނެވުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.
ފުލުހުން ބުނީ އިއްޔެ 4:00 ގައި ކުޅުދުއްފުށިން ފުރައިގެން މާލެ ދަތުރު ކުރަމުން ދިޔަ 55 އަހަރުގެ ފިރިހެނަކަށް ސްޓްރޯކްއެއް ޖެހިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން ނ އަތޮޅު ޕޮލިސް ލޯންޗްގައި 20:43 ގައި ނ. ހޮޅުދޫ ހެލްތް ސެންޓަރ އަށް ގެންގޮސްދީފައިވާކަމަށެވެ.
މިއީ ޔޫސުފަ ފާޅު ބޯޓުގެ ފަޅުވެރިއަކަށް އެރި ފުރަތަމަ ދަތުރުކަމަށް މަޢުލުމާތު ލިބިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!