ރާއްޖޭގެ ބޮޑު ބަޔަކަށް ކަނޑާއި ވައި މިއަދު ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކޮށްފިއެވެ.

އެ އިދާރާ އިން މިހެން ބުނެފައިވާ އިރު، ރާއްޖޭގެ ބައެއް ސަރަހައްދަަށް ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ.

Ad
rt

އެގޮތުން ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށް ވަނީ ހުދު ސަމާލިު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 2:30 އަށެވެ.

މި ހަފުތާ ބަންދުގައި ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ލަފާކޮށްފައެވެ.

އެ އިދާރާ އިން ބުނެފައިވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށާއި ކުރިޔަށް އޮތް ދެ ދުވަހަށް މޫސުން ގޯސްވާނެ ކަމަށެވެ. ޚާއްސަކޮށް އުތުރާއިި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށާއި އެ ސަރަހައްދުގެ ވައި ބާރުވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން އާންމުކޮށް ވައި ޖެހޭނީ 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރު މިނުގައި ކަމަށާއި ނަމަވެސް ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.

އެހެންވެ، މޫސުން ގޯސްވެ ވާރޭ ވެހުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ އިދާރާ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށާއި ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދައި، ސަލާމަތީ ކަންކަން ރަނގަޅަށް ބެލުމަށް ވެސް އިލްތިމާސް ކޮށްފައި ވެއެވެ.