ހއ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ "ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444" ޤުރުއާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ އަލް ހާފިޡާ ބައްސާމާ ސުލައިމާން ހޯދައިފިއެވެ.
މިޑްލް ސްޕޯޓްސް ކުލަބުން މި މުބާރާތް މިދިޔަ އަހަރު ވެސް ބާއްވާފައިވާއިރު، ބައްސާމާ ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވެސް ވާދަކޮށްފައެވެ. އެ އަހަރު އޭނާއަށް ލިބިފައި ވަނީ ހަތަރު ވަނައެވެ. އެ އަހަރު އެއްވަނަ ހޯދީ ޝިޢުރާ އިބްރާހީމްއެވެ.
މުބާރާތުގެ ފައިނަލުގެ ދެވަނަރެޔަށް ހޮވުނު ފަސް ބައިވެރިން ވާދަކުރި "ގްރާންޑް ފިނާލޭ" ޝޯ ބާއްވާފައި ވަނީ ރޭ 21:20 ގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިލަ އުތުރު މާލަމުގައެވެ.
މި މުބާރާތުން އެއްވަނަ އަށް އުމްރާ ދަތުރެއް ކަނޑައަޅާފައިވާއިރު، މުބާރާތުގެ ދެވަނައަށް ވެސް ވަނީ ހެޔޮއެދޭ ފަރާތަކުން އުމްރާ ދަތުރެއް ކަނޑައަޅާފައެވެ. މުބާރާތުގެ ދެވަނަ ހޯދާފައި ވަނީ ަރްޔަމް މަހާ މުޙައްމަދެވެ. މުބާރާތުގެ ތިންވަނަ ހުސެއިން ޝަހުބާން ހޯދިއިރު މުބާރާތުގެ ހަތަރުވަނަ ހޯދާފައި ވަނީ މަރްޔަމް އަޒާ އާދިލް އެވެ. މުބާރާތުގެ ފަސްވަނަ އަކީ އަބްދުﷲ ޒައިން ބިން މުޙައްމަދެވެ.
Highlights of Enterprises Ha. Dhidhdhoo Ehme Aligadha Thari 1444 Grand Finale.@abdulla_shahid @waddxy @MoFAmv @meeraazu pic.twitter.com/saahSOWLW8
— Middle Sports Club (@middlesc_dhidho) April 7, 2023
މި މުބާރާތުގެ ފައިނަލް ޝޯ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދުއެވެ. އިތުރުން މި އިވެންޓްގައި ދިއްދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުގެ ވެރިން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި މުބާރާތަކީ ޓީވީއެމްއިން ރަމަޟާން މަހު ގެނެސްދިން "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ކޮންސެޕްޓަށް ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ.
— Middle Sports Club (@middlesc_dhidho) April 7, 2023
މި މުބާރާތު ގެ ޓައިޓަލް ސުޕޮންސަރ އަކީ ކޭޑީ އެންޓަރޕުރައިސަސް ޕުރައިވެޓް ލިމިޓެޑެވެ. ކޯ ސްޕޮންސަރުންނަކީ ޔަލަމްލަމް ހައްޖު އެންޑު ޢުމުރާ އަދި ސަން އޮފް ސެއިލާސް އެވެ.
މުބާރާތުގެ ގޯލްޑް ސްޕޮންސަރުންނަކީ ފެނަކަ އަދި އުދަރެސް އިން، އެވެ. ސިލްވަރ ސްޕޮންސަރުންނަކީ ހއ. އަތޮޅު ކައުންސިލް ، ހއ. ދިއްދޫ ކައުންސިލް، ހއ. ދިއްދޫ ޕޮލިސް، ހއ.އަތޮޅު ތައުލީމީ މަރުކަޒު، ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، ދިއްދޫ ކުރިމަ ގު ޖަމިއްޔާ އަދި މާހޯރައެވެ.
މުބާރާޓުގެ ސައުންޑް އެންޑް ލައިޓި ން ޕާޓްނަރ، ވި ކިކް، ޕްރިންޓިން ޕާޓްނަރ، އިންކް ބްލިންކް، ޑިޖިޓަލް ޕާޓްނަރ، ދިރާގު، އޮފިޝަލް ފުޓޯގުރަފާ ، ޒެރޯ ކްލިކްސް، އޮންލައިން މީޑިއާ ޕާޓްނަރ، ސަން އޮންލައިން ،ކޭޓަރިންގ ޕާޓްނާރ، ހއ. އުތީމު ބާހާރު ޑައިން، ޓުރެވެލިންގ ޕާރޓްނާރ ، އޯޝަން ލޯންޗް އެވެ.
އިތުރު ޕާޓްނަރުންގެ ތެރޭގައި އަލްޓްރާ ފެޝަން، އާހިޔާ ރެސިޑެންސް، އީޒީ ފިލިންގ، ދިއްޤާ ފައުންޑޭޝަން، އަލްފާ އިންޖިނިއަރިން، ނާޑު، ރަހަދާނާ، ރިންގް ޝޮޕް، އަލްމަރުޙޫމް އަބޫބަކުރު އަލީ (ކަނޑިތީމު އަބޫބަކުރު ) ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!