ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ހިޔާ ފްލެޓްތައް ހުންނަ ހުޅުމާލޭގެ ބެލެނިވެރިފަރާތް އާބަންކޯ އިން މިރޭ ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، ހިޔާ ފްލެޓްގެ އެޕާޓްމަންޓް H5-17-02 ގެ ބެލްކަނީގައިކަމަށެވެ.

Ad
rt

އެ އެޕާޓްމަންޓްގެ ބެލްކަނީގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލްކޮށް ނިއްވާލާފައިވާއިރު، އެ އެޕާޓްމަންޓްގައި ދިރިއުޅޭ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެ ކުންފުނިން ބުންޏެވެ.

''‏މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކުން މި ހާދިސާ ހިނގާފައިވަނީ ބެލްކަނީގައި ހުރި ކުނިތަކެއްގެ މައްޗަށް ނިއްވާނުލާ މީހަކު އެއްލާލި ސިގިރެޓް ފިލްޓަރެއްގެ ސަބަބުން ކަމަށް ޝައްކު ކުރެވޭ، މިފަދަ އަމަލުތައް ނުކުރުމަށް މި ފުރުސަތުގައިވެސް ނަސޭހަތްތެރިވަން'' އާބަންކޯ އިން ބުނެފަވެއެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، ހިޔާ ފްލެޓްH5-17-02 އެޕާޓްމެންޓްގެ ބެލްކަނީގައި ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރި ވެފައިވާ ކަމަށެވެ. އަދި މި އަލިފާން ނިއްވާލައިފައިވާއިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވާ ކަމަށެވެ.

އެމްއެންޑީއެފަށް މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ 00:41 ހާއިރުއެވެ.