ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ވެރިކަންކުރާ އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

އަލީ ހަމީދަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލިސްއަށް އިންތިޚާބުވެފައިވާ ބޭފުޅެކެވެ.

Ad
rt

އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރެއްވީ، ރައީސް އިބްރާޙީމް މުޙައްމަދުގެ ހާޟިރުގައި ރިޔާސީ ގަނޑުވަރު މުލިއާގޭގައެވެ.

އަލީ ހަމީދު ޖޭޕީ ދޫކޮށްލުމުން ޖޭޕީގެ ޕާލަމެންޓަރީ ގްރޫޕްގައި ދެން ތިއްބަވާނީ އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމާއި، ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިނެވެ.

އަލީ ހަމީދަކީ ނިމުނު ޖޭޕީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ނައިބު ލީޑަރުކަމަށް ވާދަކުރައްވާ ނާކާމިޔާބީއާއި ކުރިމަތިވި ބޭފުޅެކެވެ.