ހއ.ދިއްދޫ މިޑިލް ސްޕޯރޓްސް ކުލަބުން އިންތިޒާމްކޮށްގެން މި އަހަރުގެ ރަމަޟާން މަހު އެ ރަށުގައި ކުރިއަށް ގެންދާ "ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444" ޤްރުއާން މުބާރާތުގެ އެންމެ މޮޅު 15 ބައިވެރިން އެ އަތޮޅު އުތީމަށް ހާއްސަ ޒިޔާރަތެއް ކޮށްފިއެވެ.
މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ފަނަރަ ބައިވެރިން މިއަދު ހަވީރު އުތީމަށް ކުރި ހާއްސަ ޒިޔާރަތުގައި، އެ ބައިވެރިންގެ ބެލެނިވެރިން ވެސް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން މިޑްލް ސްޕޯޓްސް ކުލަބުގެ އިސް ވެރިންނާއި މުބާރާތުގެ އޮފިސަލުން ވަނީ ބައިވެރިވެފައެވެ.
މި ދަތުރުގައި މުބާރާތުގެ ބައިވެރިން ވަނީ އުތީމުގެ 75 ގެއަށް ޒިޔާރަތްކޮށް އެ ގެ ތަކުގެ ދިރިއުޅޭ ފަރާތްތަކާއި ބައްދަލުކޮށް ހާއްސަ ހަދިޔާ ޕެކް ބަހާފައެވެ.

މުބާރާތުގެ ބައިވެރިން އުތީމަށް ޒިޔާރަތް ކުރުމާއިއެކު އުތީމް ކައުންސިލުން ވަނީ އެ ބައިވެރިންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި މީގެ އިތުރުން އުތީމް ކައުންސިލުން ވަނީ މުބާރާތުގެ ބައިވެރިންނަށް ހާއްސަ ހަދިޔާއެއް އަރުވާފައެވެ.
މި މުބާރާތުގެ ކޭޓަރިންގ ޕާޓްނާރ، ހއ. އުތީމު ބާހާރު ޑައިން އިން ވަނީ މި ދަތުރުގެ ބައިވެރިންނަށް ހާއްސަ ކޮށްގެން ރޯދަ ވީއްލުމެއް ބާއްވާފައެވެ. މީގެ އިތުރުން އެ ފަރާތުން ވަނީ މުބާރާތުގެ ބައިވެރިންނަށް ހަދިޔާ ޕެކް އަރުވާފައެވެ.
މި ދަތުރުގައި އުތީމް ކައުންސިލާއި، އުތީމް ބަހާރު ޑައިންގެ ފަރާތުން ދެއްވި އެއްބާރުލުން ފާހަގަކޮށް މިޑްލް ސްޕޯޓްސް ކުލަބުން ވަނީ އެ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ރޭގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ރެޔެވެ. ދެވަނަ ބުރުން ޖާގަ ހޯދި 15 ބައިވެރިންނާއިއެކު ކުރިއަށް ގެންދާ އެ ރޭގެ ކިޔެވުމަށް ފަހު ދެވަނަ ބުރުގެ ދެވަނަ ރޭގެ ޝޯއިން ޖާގަ ލިބޭނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދިހަ ބައިވެރިންނަށެވެ.
ދެވަނަ ބުރުގެ ދެވަނަ ރޭގެ ކިޔެވުން މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައިވާއިރު، އެ ރޭގެ ޝޯގައި ކިޔަވާ 10 ބައިވެރިންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ބައިވެރިންނަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބޭނެއެވެ.
މުބާރާތުގެ ފައިނަލް ދެ ރެޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ފައިނަލް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރިލް މަހުގެ 6 އަދި 7، މި ދެ ދުވަހުގެ ރެޔެވެ.
މި މުބާރާތު ގެ ޓައިޓަލް ސުޕޮންސަރ އަކީ ކޭޑީ އެންޓަރޕުރައިސަސް ޕުރައިވެޓް ލިމިޓެޑެވެ. ކޯ ސްޕޮންސަރުންނަކީ ޔަލަމްލަމް ހައްޖު އެންޑު ޢުމުރާ އަދި ސަން އޮފް ސެއިލާސް އެވެ.
މުބާރާތުގެ ގޯލްޑް ސްޕޮންސަރުންނަކީ ފެނަކަ އަދި އުދަރެސް އިން، އެވެ. ސިލްވަރ ސްޕޮންސަރުންނަކީ ހއ. އަތޮޅު ކައުންސިލް ، ހއ. ދިއްދޫ ކައުންސިލް، ހއ. ދިއްދޫ ޕޮލިސް، ހއ.އަތޮޅު ތައުލީމީ މަރުކަޒު، ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، ދިއްދޫ ކުރިމަ ގު ޖަމިއްޔާ އަދި މާހޯރައެވެ.
މުބާރާޓުގެ ސައުންޑް އެންޑް ލައިޓި ން ޕާޓްނަރ، ވި ކިކް، ޕްރިންޓިން ޕާޓްނަރ، އިންކް ބްލިންކް، ޑިޖިޓަލް ޕާޓްނަރ، ދިރާގު، އޮފިޝަލް ފުޓޯގުރަފާ ، ޒެރޯ ކްލިކްސް، އޮންލައިން މީޑިއާ ޕާޓްނަރ، ސަން އޮންލައިން ،ކޭޓަރިންގ ޕާޓްނާރ، ހއ. އުތީމު ބާހާރު ޑައިން، ޓުރެވެލިންގ ޕާރޓްނާރ ، އޯޝަން ލޯންޗް އެވެ.
އިތުރު ޕާޓްނަރުންގެ ތެރޭގައި އަލްޓްރާ ފެޝަން، އާހިޔާ ރެސިޑެންސް، އީޒީ ފިލިންގ، ދިއްޤާ ފައުންޑޭޝަން، އަލްފާ އިންޖިނިއަރިން، ނާޑު، ރަހަދާނާ، ރިންގް ޝޮޕް، އަލްމަރުޙޫމް އަބޫބަކުރު އަލީ (ކަނޑިތީމު އަބޫބަކުރު ) ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!