ދިވެހީންނަށް ދަނޑުވެރިކަމުގައި އޮޅުންނުފިލާ ކަމެއް!

Presentation1

ދިވެހިރާއްޖެއަކީ ދަނޑުވެރިކަމާއި ގަސް ހެއްދުމުގައި ނިސްބަތުން ތައްޔާރީ ކާނާއާއި ކެމިކަލް ބޭސް ގިނައިން ބޭނުންކުރާ ގައުމެކެވެ. ނަމަވެސް ދިވެހީންގެ މެދުގައި މިފަދަ ތަކެއްޗާ މެދު ހޭލުންތެރިވެފައިވާ މިންވަރު ވަރަށް ކުޑައެވެ. މިއީ މިކަން ވާނޭވެސް ގޮތެވެ.

ސަބަބަކީ އެފަދަ ހޭލުންތެރިކަމެއް އުފެއްދުމަށް ކުރެވޭ މަސައްކަތް ވަރަށްވެސް މަދެވެ.

އަޅުގަނޑުމެން ހުބާ ޕްލާންޓްސްގެ ނަމުގައި މީސް މީޑިއާގައި މަސައްކަތްކުރަން ފެށީވެސް މިސަބަބާ ހުރެއެވެ. އަޅުގަނޑުމެން ނޫނަސް ޑރ.ޙަސަން ޙަމީދާއި އަލިތަރި ޖަމީލުމެން ފަދަ މަދު ބަޔަކު މި މަސައްކަތުގައި ޝާމިލުވެއެވެ.

އަބަދުވެސް ކާނާއާ ބެހޭގޮތުން އަންނަނީ އެއް ސުވާލުތަކެކެވެ. މިސާލެއް ދަންނަވާލާނަމެވެ. ބޭފުޅަކު އައްސަވާ ސުވާލެކެވެ. 'ފްލޯރަލްގެ އެބަހުރޭ އެކި ނަންބަރުތައް. މީގެން ކޮން ނަންބަރެއްތޯ އެންމެ ރަނގަޅީ؟'

ޖަވާބަކީ އަޅުގަނޑުމެނަކަށް ނޭގެއެވެ. ސުވާލުކުރައްވާ ބޭފުޅާ ކުޑައިމީސްކުރަނީކީ ނޫނެވެ. ފްލޯރަލް އަކީ ގަހަށް ބޭނުންވާ މައިގަނޑު ކަނާދުތައް ކަމުގައިވާ ނައިޓްރިޖަން، ފޮސްފޮރަސް އަދި ޕޮޓޭސިއަމް އެކުލެވޭ ތައްޔާރީ ކާނާގެ އެއް ބުރޭންޑެވެ. އެވިދާޅުވާ ދެވިފައިވާ ނަންބަރުތަކަކީ މި ތިން ކަނާދު އެކުލެވޭ އިން ސައްތައެވެ.

އެނެގެންވީ މަޢުލޫމާތު 1:

ފްލޯރަލް 20 20 20 ނަމަ، މި އިން ކޮންމެ ކަނާދެއްގެ 20 އިން ސައްތަ ހިމެނެނީއެވެ. ކޮންމެ ކަނާދެއް އެއްވަރަށް އެކުލެވިގެންވާތީ ބެލެންސް (ހަމަ ހަމަ) ކާނާއެކޭ ކިޔައި އުޅެއެވެ. 3 ވިހި ވީމާ 60 އިން ސައްތަ ހަމަވީއެވެ. ބާކީ 40 އިން ސައްތައައިގެ ގޮތުގައި ގަހަށް މަދުން ބޭނުންވާ އެހެނިހެން އުންސުރުތައް ބައެއް ޕެކެޓުތަކުގައި ހިމެނިފައި ހުރެއެވެ.

ކުރިން މިދެންނެވި ވަކިވަކި ކަނާދުތައް، ވަކި ކަނާދެއް އެކަނި ހިމެނޭ ފްލޯރަލް ކާނާވެސް އުފައްދާފައި ހުރެއެވެ. ގަސް ފެހިކޮށް ހެއްދުމަށް ބޭނުންވާ ނައިޓްރިޖަން މާއްދާ އެކަނި ލިބިދޭ ޕެކެޓްގައި ލިޔެފައި އޮންނަނީ 'ފްލޯރަލް އެން' އެވެ. މަލާއި މޭވާ އެޅުވުން އިތުރުކުރުމަށް ބޭނުންވާ ފޮސްފޮރަސް މާއްދާ އެކަނި ލިބިދޭ ޕެކެޓްގައި ލިޔެފައި އޮންނަނީ 'ފްލޯރަލް ޕީ' އެވެ. މޫތައް ތަރައްޤީކޮށްދީ ގަހުގެ ޞިއްޙަތު ރަނގަޅުކޮށްދޭ ޕޮޓޭސިއަމް މާއްދާ އެކަނި ލިބިދޭ ޕެކެޓްގައި ލިޔެފައި އޮންނަނީ 'ފްލޯރަލް ކޭ' އެވެ. އަދި މި އިން ސައްތަތައް ވަކި ކަނާދުތައް އެކުލެވޭ ނިސްބަތް ތަފާތުކޮށް ހިމެނޭ ޕެކެޓުވެސް ހުރެދާނެއެވެ. އެފަދަ ޕެކެޓުގައި ހުންނަ ނަންބަރުތަކަކީ ނައިޓްރިޖަން، ފޮސްފޮރަސް އަދި ޕޮޓޭސިއަމް އެކުލެވޭ ނިސްބަތެވެ. އަކުރާއި އަދަދު، ތަރުތީބުން އަޅައިކިޔާނީއެވެ.

އެނގެންޖެހޭ މަޢުލޫމާތު 2:

ނައިޓްރިޖަން އިން ގަހުގައި ގިނަ ކުރި ޖަހައި ގަސް ފެހިކޮށް ހައްދައިދެއެވެ. ފޮސްފޮރަސް އިން މަލާއި މޭވާއެޅުމުގެ ކަންކަން ރަނގަޅުކޮށްދެއެވެ. ޕޮޓޭސިއަމް އިންމޫތައް ތަރައްޤީކޮށްދީ ގަހުގެ ޢާއްމު ޞިއްޙަތު ރަނގަޅުކޮށްދެއެވެ. ޕޮޓޭސިއަމް އިން މި ދެ ކަންތައް ކޮށްދޭތީ ނުސީދާގޮތުން މައު އެޅުމާއި ތަކެތި އަޅައި ހަރުކޮށްދޭވެސް މެއެވެ. އަދި ގަހުން ބައެއް މުހިއްމު އުންސުރުތައް މަދުވާ މަދުވުން ފޫބައްދައިދީ ގަސް ރީތިކޮށްދެއެވެ.

އެނގެންޖެހޭ މަޢުލޫމާތު 3:

ދެން އެނގެންޖެހެނީ 'އެނގުނު މަޢުލޫމާތު 1' އަދި 'އެނގުނު މަޢުލޫމާތު 2' އެއްކޮށްލަން އެނގުމެވެ. މި މިސާލުގެ އެހީގައި ވިސްނައިލެވިދާނެއެވެ.

ކާނާ ޕެކެޓެއްގެ ނަންބަރަކީ 2.1.6 އެވެ. އެހެންވީމާ...

މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.

ހުބާ ޕްލާންޓްސް ފޭސްބުކް

ހުބާ ޕްލާންޓްސް ޓެލެގުރާމް ޗެނަލް

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ސާބަސް. ދެން ދިވެހިންނަށް ތިހާ ވަރަސް ހަޖޫ ނުޖަހަބަލަ. ރާއްޖޭގައި ކޮންމެ އަހަރަކު އޯލެވެލް ނިންމަނީ ކިތައް ދިވެހިންތޯ؟ އޭގެ ތެރެއިން ބައޮލޮޖީ ކިޔާ މާއްދާ ހަދަނީ ކިތައް ކުދިންތޯ؟ ބަޔޯ ކިޔަވާ ކުދިންނަށް ތިވަރު އެނގޭނެ. އަދި ދަނޑުވެރިކަމުގެ ޓްރޭނިންތައް ވެސް ކިހާވަރަކަށް ދޭ . ދިވެހިންނޭ ކިޔާފަ ތިކަހަލަ ހެޑިން ނުޖަހަބަލަ..

    1
    1

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *