ފްލޯރަލް 20 20 20

photo_2023-01-30_21-09-00

ފްލޯރަލް 20 20 20 އަކީ ދިވެހިންގެ މެދުގައި ވަރަށް މަޤުބޫލު ތައްޔާރީ ގަސްކާނާ އެކެވެ. ގަސް ހައްދާއިރު ކޮންމެހެންވެސް މި ކާނާ ބޭނުންކުރަންޖެހޭ ކަމަށް ހީވާ ވަރަށެވެ.

ފްލޯރަލް އަކީ އިޓަލީގެ ސިފޯ ކުންފުނިން، ގިނަ ގައުމުތަކުގެ ފަސްގަނޑުގެ ޕީއެޗާ (ހުތްކަމާ) ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ފަސޭހައިން ގަސް މި ކާނާ ނަގާ ކާނާއެކެވެ.

އެކުލެވިގެން ވަނީ ގަހަށް ބޭނުންވާ މައިގަނޑު އެލިމަންޓްސްތައް (އުންސުރުތައް) ކަމުގައިވާ ނައިޓްރިޖަން، ފޮސްފޮރަސް އަދި ޕޮޓޭސިއަމް، މި އިން ކޮންމެ އުންސުރެއް (ކަނާދެއް)ގެ 20 އިން ސައްތަ ހިމެނޭ ގޮތަށެވެ. ކޮންމެ އުންސުރެއް އެއްވަރަށް އެކުލެވިގެންވާތީ ބެލެންސް (ހަމަ ހަމަ) ކާނާއެކޭ ކިޔައި އުޅެއެވެ. ބާކީ 20 އިން ސައްތައިގެ ގޮތުގައި ގަހަށް މަދުން ބޭނުންވާ އެހެނިހެން އުންސުރުތައް ހިމެނިފައި ހުރެއެވެ.

މިކާނާއިން ގިނަ ކުރި ޖަހައި ގަސް ފެހިކޮށް ހައްދައިދެއެވެ. މަލާއި މޭވާއެޅުމުގެ ކަންކަން ރަނގަޅުކޮށްދެއެވެ. މޫތައް ތަރައްޤީކޮށްދީ ގަހުގެ ޢާއްމު ޞިއްޙަތު ރަނގަޅުކޮށްދެއެވެ. އަދި ގަހުން ބައެއް މުހިއްމު އުންސުރުތައް މަދުވާ މަދުވުން ފޫބައްދައިދީ ގަސް ރީތިކޮށްދެއެވެ.

ކުރިން މިދެންނެވި ވަކިވަކި އުންސުރު އެކަނި ހިމެނޭ ފްލޯރަލް ކާނާވެސް އުފައްދާފައި ހުރެއެވެ. ގަސް ފެހިކޮށް ހެއްދުމަށް ބޭނުންވާ ނައިޓްރިޖަން މާއްދާ އެކަނި ލިބިދޭ ޕެކެޓްގައި ލިޔެފައި އޮންނަނީ 'ފްލޯރަލް އެން' އެވެ. މަލާއި މޭވާ އެޅުވުން އިތުރުކުރުމަށް ބޭނުންވާ ފޮސްފޮރަސް މާއްދާ އެކަނި ލިބިދޭ ޕެކެޓްގައި ލިޔެފައި އޮންނަނީ 'ފްލޯރަލް ޕީ' އެވެ. މޫތައް ތަރައްޤީކޮށްދީ ގަހުގެ ޞިއްޙަތު ރަނގަޅުކޮށްދޭ ޕޮޓޭސިއަމް މާއްދާ އެކަނި ލިބިދޭ ޕެކެޓްގައި ލިޔެފައި އޮންނަނީ 'ފްލޯރަލް ކޭ' އެވެ.

އެހެން ކުންފުނިތަކުން ވެސް އެކި ލޭބަލްތައް ނުވަތަ ބްރޭންޑުތައް ނަމުގައި 20 20 20 ޖަހާފައި ކާނާ ތައްޔާރުކޮށްފައި ހުރެއެވެ. މިއީ ނަކަލުކުރުމެއް ނޫނެވެ. އުންސުރުތަކުގެ އިން ސައްތަ ގެނެސްދިނުމެވެ. މިފަދަ ކާނާތައް އަގުހެވެވެ. ބޭނުންކުރާ މީހުންގެ ތަޖުރިބާ ތަފާތެވެ.

ގެރިގުއި ފަދަ ގުދުރަތީ ކާނާ ދީގެން ގަސް ހައްދައި ނޫޅޭ މީހުން، އަވަހަށް ގަސް ހެއްދުމަށް ފްލޯރަލް 20 20 20 ބޭނުންކޮށް އުޅެއެވެ. މިއީ ފެނަށް ގިރައިގެން ގަހުގެ ބުޑަށް ފެންދޭހެން ދެވޭ ކާނާއެކެވެ. އަދި ފަތްތަކަށް ސްޕްރޭވެސް ކުރެވިދާނެއެވެ. އެންމެ އެދެވޭ ނަތީޖާ ފެންނަނީ 2 ގުރާމް 1 ލިޓަރު ފެނުގެ ނިސްބަތުން، ދެ ހަފުތާއިން އެއް ހަފުތާ ބޭނުންކުރުމުންނެވެ.

ފެނުގައި ގަސް ހެއްދުމުގައިވެސް، ގަހުގެ އުމުރާ ފެނުގެ ވޮލިއުމަށް ނިސްބަތްކޮށް ފްލޯރަލް 20 20 20 ބޭނުންކުރެވެއެވެ. އަދި ހުރިހާ ވައްތަރެއްގެ ގަސް ހެއްދުމުގައިވެސް ބޭނުންކުރެއެވެ.

ރާއްޖޭގެ ބާޒާރުގައި ފްލޯރަލް 20 20 20 ގެ 2.5 ކިލޯ ޕެކެޓެއް 250 އާއި 300 ރުފިޔާ އާދެމެދުގެ އަގެއްގައި ލިބެން ހުރިނަމަވެސް މިހާރު ވަނީ އަގު އުފުލިފައެވެ. ވަރަށް ޢާއްމުކޮށް ފްލޯރަލް 20 20 20 އާ ގުޅޭގޮތުން އެކިއެކި ސުވާލު ކުރިމަތިވާތީ މި މަޢުލޫމާތުކޮޅު ޙިއްޞާކޮށްލީ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *