މޫސުން ގޯސްވެ ހއ އަތޮޅުން ފެށިގެން ކ އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވަނީ މިއަދު މެންދަމު 21:30 އިން ފެށިގެން ދަންވަރު 12:30 އާއި ހަމައަށް ހއ އަތޮޅުން ފެށިގެން ކ އަތޮޅާއި ހަމައަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މިސަރަހައްދަށް ވައިޓް އެލާޓް ނެރޭކަމަށެވެ.
Alert White for heavy rain and thunderstorms with gusts of 40 mph. pic.twitter.com/XJYaQEXg9I
— Maldives Meteorology (@MetMaldives) November 24, 2019
އިރުއިތުރާއި އިރުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާއްޖޭގެ ކަނޑުުތައް އާދައިގެވަރަކަށް މަޑުވެފަ ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެތީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުކުރެއްވުމަށް މެޓް އޮފީހުން އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!