ފެނަކަ ރިކްރިއޭޝަން އިން އިންތިޒާމްކޮށްގެން ބާއްވަމުންއަންނަ ޒޯން ފުޓްސަލް މުބާރާތް ބާއްވައިފިއެވެ. މ، ފ، ދ އަތޮޅުގެ ބުރާންޗްތަކުގެ ޒޯން ފުޓްބޯޅަ މުބާރަތް ފ.ނިލަންދޫގައި ފަށާފައިވަނީ އިއްޔެ އެވެ.

އިއްޔެ ފެށި މި މުބާރާތް ޝަރަފްވެރިކޮށްދެއްވީ ފެނަކަ ކުންފުނީގެ ޑިރެކްޓަރ އަތުހަރު ހަލީމެވެ. މި މުބަރާތުގައި 12 ބުރާންޗަކުން 9 ޓީމް ބައިވެރިވެފައިވާއިރު 75 މުވައްޒަފުން ވަނީ ކުޅެފައެވެ.

Ad
rt

މި މުބާރާތުގައި ޓީމް ކުޑަހުވަދޫ، ޓީމް މަޑުއްވަރީ، ޓީމް މުލަކު، ޓީމް ދިއްގަރު- ބަނޑިދޫ، ޓީމް މަގޫދޫ، ޓީމް ހުޅުދެލި، ޓީމް ކޮޅުފުށި، ޓީމް މުލި-ނާލާފުށި، ތީމް ފީއަލި-ނިލަންދޫ ގެ ޓީމްތައް ވަނީ ބައިވެރިވެފައެވެ.

މިމުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ ނާލާފުއްޓާއި ބައްދަލުކޮށް މުލަކު ބުރާންޗްގެ ޓީމެވެ. އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދިޔަ ނާލާފުށިވަނީ ފައިނަލް މެޗުގައި 4 ގޯލު ޖަހާފައެވެ. ނާލާފުއްޓަށް ކާމިޔާބު ކުރެވިފައިވަނީ 1 ގޯލެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗު ސަރަފްވެރިކޮށްދެއްވީ ޑިރެކްޓަރ ހަލީމްއެވެ. މިމެޗް ބައްލަވާލެއްވުމަށް ފ ނިލަންދޫގެ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 7000 ރުފިޔާ، ޓްރޮފީ ރަންމެޑަލް އަދި ހަނދާނީ ލިޔުން ދީފައިވާއިރު ދެވަނައަށް ދާ ޓީމަށް 3000 ރުފިޔާ، ރިހިމެޑަލް ގެ އިތުރުން ސެޓްފިކެޓް ވަނީ ދީފައެވެ.

މިމުބާރާތުގެ ފެއަރޕްލޭ ޓީމްއަށް ހޮވިފައިވަނީ ކޮޅުފުށި ޓީމެވެ. މި މުބާރާތުގެ އެންމެ މޮޅު 4 ކުޅުންތެރިން ނަށް ހޮވިފައިވަނީ ހަސަން އިބްރާހިމް (މުލަކު) މިފްދާދް އަޙްމަދު (މުލަކު) މުޙައްމަދު އަރީޙް ( ކުޑަހުވަދޫ) އަޙްމަދު ރައިހާން (މުލި ނާލާފުށި) އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ އާދަމް ސަހީމް (ޓީމް މުލަކު) އެވެ. އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަށް ހޮވިފައިވަނީ މުލަކު ޓީމްގެ އާދަމް ސަހީމްއެވެ.

މި މުބާރާތަކީ ފެނަކަ އެމްޑީގެ އެދިލެއްވުމަށް ފެނަކަ ބުރާންޗްގެ މެދުގައި ޒޯންތަކަށް ބަހާލައިގެން ފެނަކަ ރިކުރިއޭޝަންގެ ފަރާތުން އިންތިޒަމްކޮށް ބޭއްވި ދެވަނަ ޒޯން މުބާރާތެވެ. މިމުބާރާތުގެ 3 ވަނަ ޒޯން ބާއްވާނެ ތާރީހެއް ވަރަށް އަވަހަށް އިޢުލާން ކުރާނެކަމަށް ފެނަކަ އިން ހާމަކުރެއެވެ.