ނެއްލައިދޫ މުހައްމަދުބެއަށް އެހީވުމަށް ބޭއްވި ދުވުން ނިންމާލައިފި

DSC_7539

ހދ. ނެއްލައިދޫ، ވެރޯނާ / މުހައްމަދު ހަސަން އަށް އެހީވުމަށް ބޭއްވި "ހެލްޕް ރަން" ކާމިޔާބު ކަމާއިއެކު ނިންމާލައިފި އެވެ.

މި ދުވުން އިންތިޒާމުކުރި ނެއްލައިދޫ އެންޕަވަމެންޓް އެންޑް ރެކްރިއޭޝަން ޔުނިޓީ (ނެރު) ޖަމިއްޔާއިން ވިދާޅުވީ، މި ދުވުމުގައި ގިނަ އަދަދެއްގެ ކުދިންނާއި މީހުން ބައިވެރިވެފައިވާކަމަށެވެ.

މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ 3 ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. 18 އަހަރުން ދަށާއި 19 އަހަރާއި 35 އަހަރާއި ދެމެދު އަދި 36 އަހަރުން މަތީގެ މީހުންނަށް ފުރުޞަތު ހުޅުވާލާފައިވެއެވެ. ހުރިހާ ކެޓަގަރީއަކުން 28 ދުވުންތެރިން ވަނީ ދުވެފަ އެވެ. އިނާމް ދީފައިވަނީ އަންހެން އަދި ފިރިހެން ދުވުންތެރިންނަށް ވަކިންނެވެ.

18 އަހަރުން ދަށުގެ އުމުރު ފުރާއިން އެންމެ އަވަހަށް ދުވެ ނިންމި ފިރިހެން ދުވުން ތެރިއަކީ، ރައިޝަމް އަޙްމަދު ރަޝީދު އެވެ، އަންހެން ކުދިންގެ ބައިން ވަނަ ހޯދީ އިޝާ އަޙްމަދު އަޝްރަފްއެވެ. 19 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރު ފުރާއިން ފިރިހެނުންގެ ބައިން އެއްވަނަ ހޯދީ އަޙްމަދު ރަޝީދު އެވެ. އަންހެނުންގެ ބައިން ތަސްލީމާ އަލީ އެވެ. 36 އަހަރުން މަތިން ވަނަ ހޯދީ އަބްދުﷲ ފިކުރީ އާއި އައިމިނަތު ސައީދާ އެވެ.

މިއީ އެރަށުގައި މިފަދަ ދުވުމެއް ބޭއްވި ފުރަތަމަ ފަހަރެވެ. އެކި ގޮތްގޮތުން މިދުވުމަށް އެހީތެރިވެދީފައިވާތީ، ނެއްލައިދޫ ކައުންސިލް، ނެއްލައިދޫ ހެލްތު ސެންޓަރ، ތިލަދުން، ބަރާބަރު، ސާނިޙް އަދި ޕީޕީއެމް ނެއްލައިދޫ ގޮތްޕަށް އެ ޖަމިއްޔާއިންވަނީ ޝުކުރު ދަންނަވާފަ އެވެ.

މުހައްމަދު ޙަސަނަށް ޓީބީ ޖެހިފައިވަނީ އުމުރުން 18 އަހަރުގަ އެވެ. އަދި 2007 ވަނަ އަހަރު ކަރަށް ކެންސަރު ޖެހުމުގެ ސަބަބުން ރޭޑިއޭޝަން ދީ ބޭސް ކޮށް ރަނގަޅު ވެފަ އެވެ.

އޭގެ ފަހުން އަނެއްކާ ވެސް މެއަށް ތަދުވެ، ކަރުގައި ރިއްސައި ނޭވާލާން އުދަގޫވުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ދެއްކުމުން، އެތަނުން އިރުޝާދުދެެއްވާފައިވަނީ މާލެ ގޮސް، ކެންސަރާ ބެހޭ ހާއްސަ ޑޮކްޓަރަކަށް ދައްކައިގެން ކުރިއަށް ދިއުމަށެވެ.

ނެރު ޖަމިއްޔާ އިން ވިދާޅުވީ މުހައްމަދުގެ އާއިލާއަކީ މިފަދަ ބޮޑު ހަރަދެއް ކުރުމުގެ ތަނަވަސްކަން ހުރި އާއިލާއަކަށް ނުވާތީ، އެ ޖަމިއްޔާ އިން މިކަން ކުރަނީ، އާއިލާގެ ވެސް ރުހުމާއެކުގައި ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި