އެމެޒޯންގެ އެގްޒެކެޓިވް ސީއީއޯ އަދި ދުނިޔޭގެ ފަސް ވަނައަށް އެންމެ މުއްސަނދި މީހާ ކަމަށްވާ ޖެފް ބޭ ޒޯސްގެ އާ ޔޮޓަށް ނަން ދީފި އެވެ.

ދިގުމިނުގައި 471 ފޫޓުގެ އެ ޔޮޓަށް ދިން ނަމަކީ "ކޮރު" އެވެ. ނިއުޒިލޭންޑުގައި ބަނދެފައިވާ މި ޔޮޓަކީ ދުނިޔޭގެ އެންމެ ބޮޑު ޔޮޓެވެ.

Ad
rt

ބަނުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާއިރު ކުރިޔަށް އޮތީ ޔޮޓު މޫދުގައި ދުއްވުމުގެ ޓެސްޓުތަކެވެ. 500 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި ޔޮޓު، އެއާބަސް އޭ380 މަރުކާގެ މަތިންދާ ބޯޓަކަށްވުރެ ދެގުނަ ދިގެވެ.

މީގެ އިތުރުން ޔޮޓުގައި ތަފާތު ތިން ޑެކެއް އަޅައި އެއް ތަނުގައި މޫވީ ތިއޭޓަރެއް، އަނެއް ޑެކުގައި ސްވިމިން ޕޫލެއް ހަދާފައިވެ އެވެ. އަދި އެހެން ޑެކުތަކެއް ވިޔަފާރި އާއި ގުޅުން ހުރި ބައްދަލުވުންތަކާއި އެނޫންވެސް ބައްދަލުވުންތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވެ އެވެ.

މި ޔޮޓުގެ އިތުރުން ސަޕޯޓް ވެސަލް އެއްވެސް ވަނީ 2018 ވަނަ އަހަރު ބަންނަން ފަށާފަ އެވެ. އޭގައި ހެލިކޮޕްޓަރު ޖައްސާ ހެލިޕެޑެއް އޮވެ އެވެ. ޖުމްލަ 45 މީހުންގެ ޖާގައިގެ މި ޔޮޓުގައި ގެސްޓުންނާއި، ކްރޫއިން އަދި ސްޕެޝަލިސްޓު މުވައްޒަފުން ފަސޭހަކާއި އެކު އަރާމުގައި ވަކިން އުޅޭނެ ޖާގަ އޮވެ އެވެ.

"ކޮރު" މި ނަމަކީ މައޯރީ ބަހެކެވެ. މާނައަކީ “އައު ފެށުންތަކެއް” ކަމަށް ޖެފް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.