ސޫކުލް ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު އެކި ރަށްތަކަށް ދަތުރު ކުރާނެތީ، ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން މޯލްޑިވިއަނުން ޝެޑިއުލް ފްލައިޓްތައް އިތުރުކޮށްފިއެވެ.

މޯލްޑިވިއަނުން ބުނީ ޝެޑިއުލް ފްލައިޓްތައް އިތުރުކޮށްފައިވަނީ ޖުމްލަ ހަތް ސެކްޓަރއަށް ކަމަށާއި ބައެއް ފްލައިޓްތަކުން އެންމެ އަގު ހެޔޮ ފެއަރ ވެސް ތައާރަފުކޮށްފައިވާނެ ކަމަށެވެ.

Ad
rt

ޝެޑިއުލް ފްލައިޓްތައް އިތުރުކޮށްފައިވަނީ:

  1. މާލެއިން ގަމަށް
  2. މާލެއިން ކޫއްޑޫއަށް
  3. މާލެއިން ކައްދޫއަށް
  4. މާލެއިން ހަނިމާދޫއަށް
  5. މާލެއިން އިފުރަށް
  6. މާލެއިން ދަރަވަންދޫއަށް
  7. މާލެއިން ކާޑެއްދޫއަށް

އައިލޭންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑް(އައިއޭއެސް) ގެ ޢަމާޒަކީ އިތުރު މަންޒިލްތަކަށް މޯލްޑިވިއަންގެ ސީދާ ފްލައިޓްތައް ފެށުން ކަމަށް އެކުންފުނިން ބުނެއެވެ. މީގެ އިތުރުން ދާދި ފަހުން މޯލްޑިވިއަން އިން ވަނީ އިންޑިއާގެ ކޮޗިނަށް ސީދާ ދަތުރުތައް ފަށާފައެވެ.