ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ކުރެވޭނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.

ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ރޭ ވަނީ ވިދާޅުވެފައެވެ.

Ad
rt

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޢުނީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވަނީ ރޭ ރައީސް ޞޯލިހު އާއި ބައްދަލު ކުރައްވާ ދާއިރާ ތަކުގެ ތަރައްޤީގެ ކަންކަމާއި ގުޅޭ ގޮތުން މަސްވަރާ ކުރައްވާފައެވެ. މިބައްދަލުވުމުގައި ރައީސް ވަނީ ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމުގެ ޔަގީންކަން ދެއްވާފައި ކަމަށް ފިރުޝާން ވަނީ ހާމަކުރައްވާފައެވެ.

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ރައީސް ސޯލިހު ވަނީ ތިނަދޫގައި ބޭއްވުނު ބައްދަލުވުމެއްގައިވެސް ހުވަދޫގައިވެސް އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.