މުޅި ދުނިޔެއަަށް ކުރިމަތިވި އާލަމީ ވަބާ، ކޯވިޑް-19 އަށް ފަހު ޖަޕާނުގެ ކްރޫޒް ލައިނާއެއް ފުރަތަމަ ފަހަރަށް ރާއްޖެ އަތުވެއްޖެ އެވެ.
މި ކްރޫޒް ލައިނާ ގައި 220 ފަތުރުވެރިން ރާއްޖެ އައިއިރު، މިއީ ކޯވިޑަށްފަހު ޖަޕާނުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ފަހަރުވެސް މެއެވެ.
ގާތްގަޑަކަށް 500 މީހުންގެ ޖާގައިގެ މި އުޅަނދުގައި މުޅިންވެސް ތިބީ ޖަޕާނުގެ ފަތުރުވެރިން ނެވެ.
"ނިޕޯން މަރޫ" ނަމަކަށް ކިޔާ މި އުޅަނދު މާލެ އަށް އައުމުން ފަތުރުވެރިކަމާއިބެހޭ ވުޒާރާ އިން ވަނީ ވަރަށް ހޫނު މަރުހަބާ ކިޔާފަ އެވެ. އަދި އެ ފަތުރުވެރިންނަށް މަރުހަބާ ދެންނެވުމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމާއި އެ ވުޒާރާގެ އިސްފަރާތްތަކުން އެސަރަހައްދަށް ވަޑައިގެންފަ އެވެ.
ކޯވިޑުގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ 3 އިންސައްތައަކީ ޖަޕާމުގެ ފަތުރުވެރިން ކަމަށްވާއިރު، އޭރު އެވްރެޖްކޮށް އަހަރަކު 40000 އަށްވުރެ ގިނަ ފަތުރުވެރިން އެ ގައުމުން ރާއްޖެ އާދެއެވެ.
ކޯވިޑަށް ފަހު، ރާއްޖެ އަންނަފަތުރުވެރިންގެ އަދަދު ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، ކްރޫޒް ލައިނާތައް ވެސް ވަނީ އަންނަން ފަށާފަ އެވެ.
އެގޮތުން ފުރަތަމަ ކްރޫޒް ލައިނަރއަކަށް ރާއްޖެ އައިސްފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހު އެވެ. މޯލްޓާގެ މިކުރޫޒް ލައިނާ ރާއްޖެއަށް ދަތުރުކޮށްފައިވަނީ ސީޝެލްސްގެ ވިކްޓޯރިއާ ޕޯޓުން 420 ފަތުރުވެރިންނާއެކުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!